މަކަރާ ހީލަތުންވިޔަސް، ތަނަވަސްކަމާ ބާރުހުރީމާވިޔަސް ނުޙައްޤުން ބިން ހޯދާ މީހުން ޤިޔާމަތާއި ހަމައަށް ދާންދެން ތިބޭނީ ބިމުގެ އަޑިއަށް ގެނބިގެނބި!

އަޅުގަނޑުމެންގެ ތިބީ 3 ބެއިންނެވެ. އެންމެ ހަގީ އަޅުގަނޑެވެ. އަޅުގަނޑު ވަރަށް ކުޑައިރު މައިންބަފައިން ނިޔާވެއްޖެއެވެ. ގެންގުޅެ ބޮޑުކުރީ ބޮޑުދައިތައެވެ. ބޮޑުވެ ކަންކަން ވިސްނިގެން މައިންބަފައިންގެ ގޯތިން އަޅުގަނޑަށް ލިބޭ ބައި ހޯދަން ބަލައިލިއިރު އަޅުގަނޑަށް ނުލިބޭ ގޮތަށް 2 ބޭބެގެ މައްޗަށް ގޯތިވަނީ ރަޖިސްޓްރީކޮށްފައެވެ. 
އަޅުގަނޑު ކަންބޮޑެއް ނުވަމެވެ. އަޅުގަނޑަށްވެސް ﷲ މަގެއް ދައްކަވާނެއެވެ. އަޅުގަނޑު ބޭނުންވަނީ މިފަދަ ނުބައި ކަންކަން ނުކުރަން އިލްތިމާސްކުރާ ބަސްކޮޅެކެވެ. 
ކިޔުންތެރިޔާގެ ބޭނުން ތިރީގައިވާ ލިޔުމުން ފުދިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 
ކޮންމެވެސް މަކަރެއް ހަދާލައިގެން މީހުންގެ ބިން ފޭރުމަކީ މިހާރު ވަރަށް ގިނައިންކުރާކަމެކެވެ. އެމީހަކަށްވުރެ ބާރާއި ނުފޫޒުގެ ގޮތުން ދެރަ ނަމަ އެމީހެއްގެ ބިން ފަދަ ތަކެތި އަތުލަގަތުމަކީ ބައެއް މީހުން އެއްވެސް ޖެހިލުމެއް ނެތި ކުރަމުން އަންނަ ކަމެކެވެ. އެފަދަ ކަންކަން ކުރާ މީހުންނަށް އެކަމުގެ ހުރި ބިރުވެރިކަން ނުވެސް އެނގެނީ ކަމަށްވެސް ވެދާނެއެވެ. 
Prophet Mohammad (ﷺ) said,
"Whoever takes a piece of the land of others unjustly, he will sink down the seven earths on the Day of Resurrection."
Sahih al-Bukhari 2454 
މި ޙަދީޘްފުޅުން އެނގިގެންދަނީ "މީހެއްގެ ބިންކޮޅެއް ނުޙައްޤުން އަތުލައިގެންފި މީހާ ޤިޔާމަތާއި ހަމައަށް ހުންނާނީ 7 ބިމުގެ ބިމުގެ އަޑިއަށް ގެނބިގެނބި"ކަމެވެ. ވިސްނައި ފިކުރުކުރާ މީހަކަށް މިހިރަ ފެންނަނީ ހާދަހާ ބިރުހުރި ކަންކަމެވެ. ޤިޔާމަތް ދުވަހު އެމީހެއްގެ ޙާލަކީ ކޮބައި ހެއްޔެވެ؟ 
މީސްތަކުންނޭވެ! މަކަރުވެރި ގޮތުގައި މީހެއްގެ އަތުން އެއްވެސް މިންވަރެއްގެ ބިންކޮޅެއް ނުހޯދާށެވެ! އެކަމުން ދުނިޔޭގައި ކޮންމެވެސް މިންވަރެއްގެ އުފަލެއް ލިބުނުކަމުގައިވީ ނަމަވެސް އެއީ ހާދަގައިވާ ނުރައްކައުތެރިކަމެކެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ