އިސްލާމީ މަރުކަޒުތަކުގެ ލައިބްރަރީތަކަށް 60 ހާސް ފޮތް ލިބިއްޖެ

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރީތައް ގާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ގައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ނިންމައިފި އެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ދިއްދޫ އިސްލާމިކް ސެންޓާ ލައިބްރަރީ އާއި އުނގޫފާރު އިސްލާމިކް ސެންޓާ ލައިބްރަރީ އާއި ތިނަދޫ އިސްލާމިކް ސެންޓާ ލައިބްރަރީ އާއި އައްޑޫ އިސްލާމިކް ސެންޓާ ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ގާއިމު ކުރާ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ގައުމެެއްގެ ޔުނިވާސިޓީއަކުން ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތުން 60 ހާސް ފޮތް ލިބޭނެ ކަމަށް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ޔުނިވާސިޓީއެއް ކަމެއް ހާމައެއް ނުކުރެ އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މީގެ ތެރެއިން މިހާރު ހުޅުވިފައިވާ މަރުކަޒުތަކުގައި ލައިބްރަރީ ގާއިމު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ