ދުންފަތުގެ ވިޔަފާރިތަކަށް ލައިސަންސް ނަގަން ދިން މުއްދަތު މި މަހު 17އަށް ހަމަވަނީ

ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން އެކަމަށް ދޫކުރާ ލައިސެންސް ނެގުމަށް ދިން މުއްދަތު މި މަހު 17 އަށް ހަމަވާތީ، ހެލްތު މިނިސްޓްރީން އެކަން ހަނދާންކޮށްދީފިއެވެ. އެ ވިޔަފާރިތަކުން އެކަމަށް ޚާއްސަ ލައިސަންސެން ނަގަން ލާޒިމުކޮށްފައި ވަނީ، ދުންފަތް ކޮންޓްރޯލް ކުރުމާގުޅޭ އާންމު ގަވާއިދުގެ ދަށުންނެވެ. އެގޮތުން، އެ ވިޔަފާރިތަކުން ލައިސަންސް ނެގުމަށް މިދިޔަ އޭޕްރީލް 17 އިން ފެށިގެން ހެލްތު މިނިސްޓްރީން ވަނީ ތިން މަހުގެ މުއްދަތެއް ދީފައެވެ. އެ މުއްދަތު މި މަހު 17އަށް ހަމަވާތީ، އެކަން ހެލްތު މިނިސްޓްރީން މިއަދު ވަނީ އެ ކަން ހަނދާންކޮށްދީފައެވެ. ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކަށް ދޫކުރަނީ ހަތަރު ލައިސެންސެކެވެ. އެއީ، ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސެންސާއި ދުންފަތުގެ ބާވަތްތައް އިމްޕޯޓު ކުރުމުގެ ލައިސެންސާއި ދުންފަތުގެ އައު ބާވަތެއް ރެޖިސްޓްރީ ކުރުމުގެ އިތުރަށް ދުންފަތުގެ ބާވަތްތައް ރިއެކްސްޕޯޓު ކުރުމުގެ ލައިސެންސެވެ. މިއިން ކޮންމެ ލައިސެންސެއް ނެގުމަށް ވެސް ފީއެއް ދައްކަންޖެހޭނެއެވެ. ހެލެތު މިނިސްޓްރީން ބުނީ، މި ލައިސެންސްތައް ދޫކުރެވޭނީ ކަނޑައެޅިފައިވާ ފީ ދެއްކުމުން، ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. ލައިސެންސް އައު ކުރާނަމަ މުއްދަތު ހަމަވުމުގެ 60 ދުވަހުގެ ކުރިން އެދި ހުށަހަޅަން ޖެހޭނެއެވެ. ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނުގެ ދަށުން ދޫކުރާ ލައިސެންސްތަކަށް ކަނޑައެޅިފައިވާ ފީތައް ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ގަނޑުކޮށް ނުވަތަ ވަކިވަކީން ވިއްކުމަށް ދޫކުރާ ލައިސެންސް ހޯދުމަށް ނުވަތަ އައުކުރުމަށް - 5،000 ރުފިޔާ ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓު ކުރާ ފަރާތްތަކަށް ދޭ ލައިސެންސް ހޯދުމަށް ނުވަތަ އައުކުރުމަށް - 10،000 ރުފިޔާ ދުންފަތުގެ ބާވަތްތައް ރީއެކްސްޕޯޓު ކުރާ ފަރާތްތަކަށް ދޭ ލައިސެންސް ހޯދުމަށް ނުވަތަ އައުކުރުމަށް - 10،000 ސްމޯކިން ރޫމް ނުވަތަ ސްމޯކިން އޭރިއާގެ ލައިސެންސް ހޯދުމަށް ނުވަތަ އައުކުރުމަށް - 10،000 މި ލައިސަންސްތަކަށް އެދި ހުށަހަޅަން ޖެހެނީ ވަންގަވް ޕޯޓަލް މެދުވެރިކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށެވެ. ދުންފަތުގެ ވިޔަފާރިތަކަށް ލައިސަންސް ނަގަން ހަނދާންކޮށްދިންއިރު، މި ސަރުކާރުން ވަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ޓަކައި، ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކޮށް، ރާއްޖޭގައި ވޭޕު ވެސް މަނާކޮށްފައެވެ. އޭގެއިތުރުން، 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަން ބޭނުން ކުރުން މަނާކުރުމަށް 'ޖެނެރޭޝަނަލް ބޭން'އެއް ގެނައުން ހިމެނެއެވެ. https://sun.mv/207701 އޭގެފަހުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާމެއް ދިނުމަށް ކުރަން ޖެހޭ ކަންކަން ކުރަން އަންގަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ