އިމްރާން ޖަލަށް ބަދަލު ކުރުމަށް ކޯޓުން އަމުރުކޮށްފި

ިއިއްޔެ ގޭ ބަންދަށް ބަދަލު ކުރި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކޯޓު އަމުރެއްގެ ދަށުން ކްރިމިނަލް ކޯޓަށް އަލުން ހާޒިރުކޮށް ޝަރީއަތް ނިމެންދެން އަލުން ޖަލަށް ބަދަލު ކުރުމަށް މިއަދު އަމުރުކޮށްފި އެވެ.
ކޯޓު އަމުރެއްގެ ދަށުން އިމްރާން ކޯޓަށް ގެނެސްފައި ވަނީ ކަރެކްޝަން ސާވިސްގެ ބެލުމުގެ ދަށުން މިއަދު ހަވީރު 5:00 އެހާކަން ހާއިރު އެވެ. އެއަށް ފަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަހު، އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ނިމެންދެން ޖަލަށް ބަދަލު ކުރުމަށް ގާޒީ ވަނީ ކަރެކްޝަނަލް ސާވިސަސްގެ މައްޗަށް އަމުރު ކުރައްވައިފަ އެވެ.
އެގޮތަށް ނިންމީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެވެ. އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ މޭޑޭގައި މުޒާހަރާގައި އަނިޔާވެރިކަމަށް ބާރު ލިބޭގޮތަށް ވާހަކަ ދައްކާފައިވާތީ އެވެ. އޭނާ ޖަލުގައި ހުންނަތާ 64 ދުވަސް ވަނީ ވެފަ އެވެ. އޭނާ އެންމެ ފަހުން ހުރީ ވެސް އާންމު ކުށްވެރިން ތިބޭ މާފުށީ ޖަލުގަ އެވެ.
 
އޭނާ ޖަލުގައި ހުންނަ މައްސަލައިގައި އަދާލަތު ޕާޓީ އިން ބަނީ ނުރުހުން ފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ