ކްލަބް މޯލްޑިވްސް މުބާރާތްތައް ފަށާނީ "ކިންގްސް ކަޕް" އިން ކްލަބް މޯލްޑިވްސް މުބާރާތްތައް ފަށާނީ "ކިންގްސް ކަޕް" އިން

ކްލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ މުބާރާތްތަކުގެ ޗެމްޕިއަނުންނަށް ފުރުސަތު ލިބޭނެހެން "ކިންގްސް ކަޕް" ގެ ނަމުގައި މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
މި ފަހަރުގެ ކްލަބް މޯލްޑިވްސް މުބާރާތްތައް ފަށަން އަންނަ މަހު ނިންމާފައިވާއިރު، ފުރަތަމަ ބާއްވާނީ އަށް ޓީމުގެ މެދުގައި ކުޅޭ ކިންގްސް ކަޕުންނެވެ. މިިދިޔަ އަހަރު ކިންގްސް ކަޕް މެޗުގައި، ޖޯލި މޯލްޑިވްސް ބަލިކޮށް ހޯދީ މިދިޔަ ދެ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަން، ކްލަބް ވެމްކޯ އެެވެ. ވެމްކޯ މޮޅުވީ 2-1 އިންނެވެ.
އެ ގޮތުން، މި ފަހަރުގެ ކިންގްސް ކަޕްގައި ކުޅެނީ، ކްލަބް މޯލްޑިވްސް ކަޕުގެ ޗެމްޕިއަން ކްލަބް ވެމްކޯ، ރަނަރަޕް ރޯޑް ރެކްރިއޭޝަން ކްލަބް، ކްލަބް މޯލްޑިވްސް ކްލެސިކް ޗެމްޕިއަން، ކުޅިވަރާ ބެހޭ ވުޒާރާ، ރިސޯޓް ލީގު/ޓެކާސްގެ ޗެމްޕިއަން ޖޯލި މޯލްޑިވްސް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން، ކ. ކާށިދޫ އަދި ރަނަރަޕް ހދ. ނައިވާދޫ ކަމަށެވެ. މީގެ އިތުރުން، އަތޮޅު ތެރޭގައި ބޭއްވި މުބާރާތްތަކުގެ ތެރެއިން ބ. އޭދަފުށި ކައުންސިލް ކަޕުގެ ޗެމްޕިއަން ކްލަބް ކޮމްބިނޭޝަން (ސީސީ) އަދި އައްޑޫ ސިޓީގައި ކުރިއަށްދިޔަ އީދު ސަމާ މުބާރާތުގެ ޗެމްޕިއަން މައިލޯ ސިޓީ ހިމެނެ އެވެ.
ކްލަބް މޯލްޑިވްސްގެ އިން ބުނީ، ކިންގްސް ކަޕް އަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން ޗެމްޕިއަން ޓީމުތަކަށް އެއް މުބާރާތެއްގައި ވާދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.
"މިހާރު މިއީ އަސްލު ޕްލެޓް ފޯމެއް މި ކްރިއޭޓް ކޮށްދިނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މުބާރާތްތަކުގެ ޗެމްޕިއަނުންނަށް ވާދަކުރުމުގެ ފުރުސަތު." ކްލަބް މޯލްޑިވްސް އިން ބުނެފައިވެ އެވެ.
މި ފަހަރުގެ ކިންގްސް ކަޕް ކުރިއަށް ގެންދާނީ ދެ ގްރޫޕަކަށް ބަހައިލައިގެން ކަމަށެވެ. އަދި ކްލަބް މޯލްޑިވްސްގެ ޓީމުތަކުގައި (ވެމްކޯ، އާރްއާރްސީ، ކުޅިވަރާ ބެހޭ ވުޒާރާ) ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެ ކުޅުންތެރިޔަކު ނިސްބަތްވާ ރަށެއް ކުޅޭނަމަ އެ ކުޅުންތެރިޔަކަށް އެ ރަށަކަށް ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.
ކްލަބް މޯލްޑިވްސް އިން އުންމީދުކުރަނީ ކިންގްސް ކަޕުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މުބާރާތްތައް އިތުރަށް އިސްތިހާރުވެ، އެ މުބާރާތްތަކުގެ ފެންވަރު އިތުރުވެގެން ދިއުމެވެ.
ކިންގްސް ކަޕްގެ އިތުރުން އެހެން ފަހަރުތަކުގައި ވެސް ކްލަބް މޯލްޑިވްސް އިން ބާއްވާ މުބާރާތްތައް ކުރިއަށްދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ