ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް މަލްޓި ޕާޕަސް ހޯލް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް މަލްޓި ޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ މި ބީލަން ކުރިއަށްގެންދާނީ ޕްލޭނިންގ މިނިސްޓްރީގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތީން ކަމަށެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" ގައިވާ ގޮތުގެ މަތީން ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށާއި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.
މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށާއި ފައިސާ ބަލައިގަންނާނީ ޖެނުއަރީ 18 އިން ފެބްރިއަރީ 1 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން މެންދުރު 2 ޖަހަންދެން ކަމަށް ވެސް އިއުލާނުގައި ވެއެވެ.
ފައިސާ ދައްކާނީ އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ https://bandeyripay.finance.gov.mv މެދުވެރިކޮށް ކަމަށާއި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ އީމެއިލް ކުރުމަށް ވެސް ފިނޭންސް މިނިސްޓްރީން އެދިލައްވަ އެވެ.
މީގެ އިތުރުން މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން މި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިބިޑާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މއުޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ ޖެނުއަރީ 29 ވަނ ދުވަހުގެ މެންދުރު 1 ޖެހުނުގެ ކުރިން އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.
މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/62,000 ރުފިޔާ ހުށަހަޅަން ޖެހޭއިރު، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެ އެވެ.
ބިޑުތައް ހުޅުވުން 5 ފެބްރުއަރީ ވާ އާދީއްތަ ދުވަހުގެ މެންދުރު 11 ޖަހާއިރު، އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ ކަމަށާއި ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެ އެވެ. އަދި ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ ކަމަށް ވެސް ވިދާޅުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ