މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ.
މި ސަރަހައްދަށް އެލާޓް ނެރެފައިވަނީ 11:00 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
މިދުވަސްވަރު ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ އެކި ހިސާބުތަކަށް އަންނަނީ އެލާޓްތައް ނެރެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ