މާލޭ ވިޔަފާރި ބަނދަރު ބޭރު ޖެޓީގައި އަޅާފައި އޮތް އެމްޕީއެލްގެ ބާޖަކުން ރޭ ކަނޑަށް ވެއްޓުނު ކޮންޓެއިނަރުތަކުގެ ތެރެއިން ދެ ކޮންޓެއިނަރު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ރޭ ވަނީ، ކޮންޓެއިނަރުތައް ކަނޑަށް ވެއްޓި، އޮޔާދާތީ ކަނޑުދަތުރު ކުރާ މީހުން އެކަމަށް ސަމާކުވުމަށް އެދިފަ އެވެ. ކޮންޓެއިނަރުތައް އޮޔާ ދާނެ ކަމަށް ލަފާކޮށްފައި ވަނީ ކ. ދޫނިދޫ އާއި ފޭދޫފިނޮޅާ ދޭތެރޭ އޮންނަ ކަނޑުގެ ސަރަަހައްދުންނެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނީ މި ހާދިސާގައި ފަސް ކޮންޓެއިނަރު މޫދަށް ވެއްޓި އޮޔާ ދިޔަ ކަމަށާއި އޭގެ ތެރެއިން ދެ ކޮންޓެއިނަރު މިހާރު ފެނިފައިވާ ކަމަށެވެ. އަދި ބާކީ ތިން ކޮންޓެއިނަރު ހޯދުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކުން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކަނޑަށް ވެއްޓުނު ކޮންޓެއިނަރުތަކުގައި ހުރީ ކޮން ކަހަލަ މުދަލެއް ކަމެއް ނުބުނެ އެވެ.
ރޭގެ ހާދިސާ ހިނގީ މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ވައި ގަދަވެފައިވަނިކޮށެވެ.
ބާޖުން ކަނޑަށް ވެއްޓުނު 2 ކޮންޓެއިނަރު ހޯދައިފި؛ 3 ކޮންޓެއިނަރު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ