ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން އެމެރިކާއިން ހިފެހެއްޓި ބޯޓުތަކުގައި ތިބި ޕާކިސްތާނުގެ 11 ރައްޔިތުންނާއި އީރާނުގެ 20 ރައްޔިތުން، ޕާކިސްތާނުން އެ މީހުންގެ ޤައުމަށް އަނބުރާ ގެންގޮސްފިއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު، އިސްހާޤް ދާރު ވަނީ އެ ކަން ކަށަވަރުކޮށްދެއްވައިފައެވެ.
ޕާކިސްތާނުގެ ފަރާތުން އެ ޤައުމާއި އީރާނުގެ ރައްޔިތުން ޤައުމަށް އަނބުރާ ގެނައުމުގެ މަސައްކަތް ކޮށްފައި މި ވަނީ އެ ޤައުމަކީ އީރާން-އެމެރިކާ މައްސަަލައިގައި ވަކި ފަރާތަކަށް ނުޖެހޭ މެދުވެރިއެއްގެ ގޮތުގައި އޮތުމަށް އެ ޤައުމުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ޤައުމުން ދަނީ ދެ ޤައުމާއެކު ވެސް މުވާސަލާތު ކުރަމުންނެވެ.
ދާރު ވިދާޅުވީ ޤައުމުން ބޭރުގައި ތިބި ޕާކިސްތާނުގެ ރައްޔިތުން، ޚާއްޞަކޮށް އުނދަގޫ ޙާލަތެއްގައި ތިބި މީހުންގެ ދުޅަހެޔޮކަމަކީ ސަރުކާރުން އެ ކަމަށް ޚާއްޞަ ސަމާލު ކަމެއް ދޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ޕާކިސްތާނުގެ ބެލުމުގެ ދަށުން ޕާކިސްތާނަށާއި އީރާނަށް ގެންދާ 31 މީހުުންގެ ވެސް ޙާލު ރަނގަޅު ކަމަށެވެ. ޕާކިސްތާނުގެ ރައްޔިތުން ޤައުމަށް އަނބުރާ ގެނެސްފައި ވަނީ ސިންގަޕޫރާއި ބެންގކޮކް މަގުން ކަމަށާއި، ހަމަ އެ މަގުން އީރާނުގެ ރައްޔިތުން އެ މީހުންގެ ޤައުމަށް އަނބުރާ ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދާރު ވަނީ އެ މީހުން ޤައުމަށް އަނބުރާ ގެންދިޔުމުގައި އެކި ޤައުމުތަކުގެ ސަރުކާރުން ޙިއްޞާވާ ކަމަށް ފާހަގަކުރައްވައި، އެހީތެރިވި ޤައުމުތަކަށް ޝުކުރު ޢަދާކުރައްވައިފައެވެ. އެ ގޮތުން ސިންގަޕޫރުގެ ޚާރިޖީ ވަޒީރު، ވިވިއަން ބަލާކްރިޝަންގެ ނަން ފާހަގަކުރައްވައި އެ ކަމަނާއަށް ޚާއްޞަކޮށް ޝުކުރު ޢަދާ ކުރައްވައިފާވެއެވެ.
އޭގެ އިތުރުން އިރާނުގެ ބޯޓުތަކުގައި ތިބި އީރާނުގެ ރައްޔިތުންގެ ކަންކަން އިންތިޒާމް ކުރުމަށް ޕާކިސްތާނަށް އިތުބާރު ކުރެއްވި ކަމަށްޓަކައި ދާރު ވަނީ އީރާނުގެ ޚާރިޖީ ވަޒީރު، ޢައްބާސް ޢަރާޤްޗީއަށް ވެސް ޝުކުރު ޢަދާކުރައްވައިފައެވެ.
ހިފެހެއްޓި ބޯޓުތަކުގައި ތިބި ޕާކިސްތާނާއި އީރާނުގެ ފަޅުވެރިން އެނބުރި ޤައުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ