ދިރާގު އެޕުން ބޮޑު މަސް ބާނައިގެން އީދަށް ޚާއްސަ އިނާމުތަކެއް

އަޟްހާ އީދުގެ މުނާސަބަތުގައި ޚާއްސަ އިނާމުތަކާއި ބޯނަސް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ތައާރަފުކޮށްފިއެވެ. މިގޮތުން، ދިރާގުން ވަނީ 'ބޮޑުމަސް ބޭނުން'ގެ ނަމުގައި އިއްޔެއިން ފެށިގެން ހަތް ދުވަހަށް ޚާއްސަ ގޭމެއް ތައާރަފުކޮށްފައެވެ. ދިރާގު އެޕް މެދުވެރިކޮށް ކުޅެވޭ މި ގޭމުގައި ބައިވެރިވެގެން، ފިޝިން ގިއާ ކިޓަކާއި ގޯޕްރޯ ހީރޯ 11 އެއް ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފައެވެ. އެ ފުރުސަތު ލިބޭނީ، މި މަހު 30ގެ ނިޔަލަށެވެ. އެ ގޭމުގައި ބައިވެރިވުމަށް، ދިރާގު އެޕްގައިވާ 'ބޮޑުމަސް' ބެނާއަށް ފިއްތާލުމުން ކޮންމެ ދުވަހަކު ޚާއްސަ ކާޑެއް ފެންނާނެއެވެ. އެ ކާޑުުތަކުގައި ހުންނާނީ، މަސްބޭނުމަށް ބޭނުންކުރާ ސާމާނެވެ. ދިރާގުން ބުނީ، އެންމެ ފަހު ދުވަހު ލިބޭ ބޮޑުމަސް ހޯދައިގެން ކޮންމެ ދުވަހަކު ހިލޭ ދެ ޖީބީ ޑޭޓާއާއި ލަކީޑްރޯ ޓިކެޓު ކޮންމެ ކަސްޓަމަރަކަށް ލިބޭނެ ކަމަށެވެ. އެ ޕްރޮމޯޝަންތައް ތައާރަފުކުރުމަށް ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގުގެ މާކޮމްސް އެންޑް ޕީއާރްގެ އެސިސްޓެންޓް މެނޭޖަރު ޒީން މުހައްމަދު ވިދާޅުވީ، އެ ގޭމު ތައާރަފުކުރީ، އީދުގެ ފޯރީގެ ތެރެއިން ކަސްޓަމަރުންނަށް ފައިދާތަކެއް ކޮށްދިނުމަށް ކަމަށެވެ. ބޮޑު މަސް ބޭނުމުގެ އިތުރަށް، މި މަހު 31ގެ ނިޔަލަށް ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ އީދު އޮފާތަކެއް ވަނީ ތައާރަފުކޮށްފައެވެ. މިގޮތުން: އީދު ޑޭޓާ ކޮމްބޯ: ޕްރީޕެއިޑް ކަސްޓަމަރުންނަށް 45 ޖީބީ ޑޭޓާ، ދިރާގު ކޯލްތައް ހިލޭ ކުރެވުމުގެ އިތުރަށް އެހެނިހެން ފައިދާތައް 650 ރުފިޔާއަށް 28 ދުވަހުގެ މުއްދަތަށް ލިބޭނެ އީދު ބޯނަސް ޑޭޓާ: ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ އެޑްއޮންތަކާއެކު، 25 ޕަސެންޓު އިތުރަށް ހިލޭ ބޯނަސް ޑޭޓާ ލިބޭނެ ދިރާގުން ބުނީ، ބޮޑު އީދު ޕްރޮމޯޝަންތަކާ ބެހޭ އިތުރު މައުލޫމާތު ވެބްސައިޓު މެދުވެރިކޮށް ލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ