ޑޮލަރުގެ އަގު ތިރި ނުވަނީ ދަރަނި އަލުން އެކުލަވާލުމުގެ ޕްރޮގްރާމެއް ނެތުމުން: ނަޝީދު
ޑޮލަރުގެ އަގު ތިރި ނުކުރެވެނީ ދަރަނި އަލުން އެކުލަވާލުމުގެ ޕްރޮގްރާމެއް ނެތުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ޑޮލަރުގެ އަގު ދަށް ނުވަނީ ދަރަނި އަލުން އެކުލަވާލުމުގެ ރަނގަޅު ޕްރޮގްރާމެއް ނެތުމާއި އޭގެ މައްޗަށް ޑޮލަރު ހަރަދު ކުރާ މިންވަރު ދަށް ނުވާތީ ކަމަށެވެ.ނަޝީދު މިހެން ވިދާޅުވި އިރު ބޭންކަށް މާރުކުރާ ޑޮލަރު އިތުރުކުރުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "އިންވެސްޓްމަންޓްސް" ގެ ނަމުގައި ހިދުމަތެއް މިއަދު ވަނީ ތައާރަފްކޮށްފަ އެވެ. މިއީ ދިވެހި ރުފިޔާއިން ބޮޑު ފައިދާއެއް ލިބޭ ގޮތަށް ބޭންކަށް ޑޮލަރު މާރުކުރަން ހުޅުވައިލި ފުރުސަތެކެވެ.ގައުމީ ބޭންކުން މި އިންވެސްޓްމަންޓު ހިދުމަތް އޮންނަ ގޮތުން އިންވެސްޓުކުރަން ބޭނުންވާ މީހަކު ޑޮލަރު އިންވެސްޓުކުރުމުން އެމްއެމްއޭގެ ރަސްމީ ރޭޓު ކަމަށްވާ 15.42ރ. ގައި ދިވެހި ރުފިޔާ ލިބެ އެވެ. އަދު މި ފައިސާ ބީއެމްއެލުން ބޭނުންކުރަނީ ކާޑު ޓްރާންސެކްޝަންތައް ފީ ލިބޭ މުއާލަމާތްތައް ފުރިހަމަކުރުމަށެވެ.އެ މުއާމަލާތްތައް ފުރިހަމަ ކުރުމަށް ފަހު 25 ޕަސެންޓު، އިންވެސްޓަރުންނަށް ރުފިޔާއިން ބީއެމްއެލުން ޖަމާކޮށް ދޭނެ އެވެ. މިހާރު ބާޒާރުގައި ޑޮލަރެއް ލިބެން ހުރީ 20.50ރ. އަށެވެ. މި ސަރުކާރު ވެރިކަމަށް އައީ ޑޮލަރުގެ މައްސަލަ ހައްލުކޮށް، ކަޅުބާޒާރު ނިމުމަކަށް ގެންނާނެ ކަމުގެ ވައުދާއެކުގަ އެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރު ފުރި ތިން އަހަރާ ގާތްވަމުން އަންނައިރުވެސް ޑޮލަރުގެ މައްސަލައަށް ހައްލެއް ނުލިބި، އާންމުން ދަނީ ޑޮލަރު ލިބުން ދަތިވުމުގެ ޝަކުވާ ކުރަމުންނެވެ.މީގެ އިތުރުން އިންފްލޭޝަން މަތިވެ ތަކެތީގެ އަގު އަތްނުފޯރާ ފަށަށް ދިއުމުގެ ކަންބޮޑުވުން ވެސް ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ