ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު ރޭންކްގައި ހުންނެވި އަހްމަދު ޝިފާނަށް އެ ހިދުމަތުގެ ކޮމިޝަނަރު ބިއުރޯގެ ވެރިޔާގެ މަގާމު ދިނުމަށް ފަހު، މިހާރު އަތުލާފައިވާކަން 'ދައުރު'އަށް އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުންގެ ބައެއް މަސްދަރުތަކުން 'ދައުރު'އަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، މި މަހުގެ 16 ވަނަ ދުވަހު އެ މުއައްސަސާގެ ބައެއް މަގާމުތަކަށް ބަދަލުތަކެއް ގެނަ އެވެ. އޭގެ ތެރޭގައި ޝިފާން ކޮމިޝަނަރު ބިއުރޯގެ ވެރިޔާގެ މަގާމަށް ހަމަޖެއްސުން ހިމެނެ އެވެ.
ތަފްސީލު - ކޮމިޝަނަރު ބިއުރޯގެ ވެރިޔާގެ މަގާމުގައި ކުރިން ހުންނެވި ބޭފުޅާގެ ބަދަލުގައި ޝިފާން އެ މަގާމަށް އައްޔަން ކުރިކަން ފުލުހުންގެ މުއައްސަސާގެ އެތެރޭގެ ނޯޓިސްއަކުން އެންގިކަން 'ދައުރު'އަށް ވަނީ އެނގިފައެވެ.
"ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ އެ ނޯޓިސް [ޝިފާން އެ މަގާމަށް އައްޔަން ކުރަން ނެރުނު ނޯޓިސް] އަނބުރާ ގެނައީ،" ފުލުހުންގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.
އެ ނޯޓިސް އަނބުރާ ނެގީ ކިއްވެގެންކަމެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި، ޝިފާން އެ މަގާމަށް އައްޔަން ކުރުމުން ބައެއް ވެރިން ނުރުހުނެވެ.
ޝިފާން އަތުން އެ މަގާމުން އަތުލި ނަމަވެސް، ފުލުހުންގެ ތަރުޖަމާނަކީ އަދިވެސް އޭނާ އެވެ.
މިކަމާ ގުޅޭ ގޮތުން ޝިފާންގެ ބަހެއް އަދި ނުލިބެ އެވެ.
އެނގުން މުހިންމު - ޝިފާން އައްޔަން ކުރި އޮފީސް އޮފް ދަ ކޮމިޝަނަރު ބިއުރޯއަކީ، ފުލުހުންގެ އިސް އެއް ބަހާ އެވެ. އެ ބިއުރޯގެ ދަށުން ގިނަ ޑިޕާޓްމަންޓްތަކެއް ހުރެ އެވެ.
ޝިފާންއަށް ކޮމިޝަނަރު ބިއުރޯގެ ވެރިޔާގެ މަގާމު ދިނުމަށް ފަހު އަތުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ