ކުޅުދުއްފުށި މެމްބަރު ޔާސިރާއި މޭޔަރު އެމްޑީޕީއަށް

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
ޔާސިރާއި އާތިފަކީ އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން އެ ޕާޓީ ދޫކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަޅީގައި ތިއްބެވި ބޭފުޅުންނެވެ.
ޔާސިރާއި އާތިފް ސޮއި ކުރެއްވުމަށް ސޯލްޓް ކެފޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.
މޭޔަރުގެ އިތުރުން ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި ކުޅުދުއްފުށީގެ ކައުންސިލަރުން ވެސް މިރޭ ވަނީ އަލުން އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ވެސް ހުންނެވީ އެމްޑީޕީގައެވެ. އޭނާ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައެއްނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ