މި ސަރުކާރުން ގދ ތިނަދޫގައި އިމާރާތްކުރި އައު އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ހުޅުއްވައިދެއްވައިފިއެވެ.
ތިނަދޫ އައު އިންޖީނުގެ ރައީސް ސޯލިހު ހުޅުއްވައިދެއްވީ އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އެމަނިކުފާނު މިހާރު ތިނަދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިސަރުކާރުން ތިނަދޫގައި ތަރައްޤީކޮށްފައިވާ ސަރަޙައްދީ އިންޖީނުގެއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ޒަމާނީ އަދި އެންމެ ބޮޑު އިންޖީނުގެއަށް ވެގެންދާނެ ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޞަޢީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ. އަދި އިންޖީނުގެގޭ މަސައްކަތް އެންމެ ހިންހަމަޖެހޭ ސްޕީޑުގައި ކުރިއަށް ނުދިޔަ ނަމަވެސް ދާދި އަވަހަށް އެތަނުން ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު އެތަނުން ޚިދުމަތްދޭން ފެށޭނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށްވެސް ސައީދް ވިދާޅުވިއެވެ.
ތިނަދޫ އިންޖީނުގެ ނިމިގެންދިޔުމުން އެރަށުގައި އެ ޤާއިމްކުރެވެނީ ދިވެހިރާއްޖޭގެ ރަށެއްގައި ޤާއިމްކުރެވޭ އެންމެ މިޒަމާނުގެ އިންޖީނުގެކަން ފާހަގަކުރައްވައި ސައީދް ވިދާޅުވީ ހަމަ މާލޭގައި އިންޖީނުގެ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް ކުރެވޭ އިހުސާސް ހަމަ ތިނަދޫގެ އިންޖީނުގެ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ކުރެވޭނެ ކަމަށާއި އިންޖީނުގެއިން ބޭރަށް އަޑު ނުހުންނާނެ ކަމަށެވެ. އެގޮތުން މި އިންޖީނުގެ ހެދުމަށްވެސް ބޭނުންކޮށްފައިވާނީ ރަނގަޅު މޮޅު މެޓީރިއަލްއެއްކަންވެސް އޭނާ ފަހަގަކުރެއްވި އެވެ.
މި އިންޖީނުގެއާއެކު ތިނަދޫ ހިމެނޭ ރާއްޖޭގެ ދެކުނު ސަރަޙައްދުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޚިދުމަތްތައް ފުޅާކޮށް މައްސަލަ ދިމާވާ ޖެންސެޓްތަކާއި އެހެނިހެންވެސް ކުންފުނިން ގެންގުޅޭ މެޝިނަރީޒްތައް އެސެމްބަލްކޮށް، މަރާމާތު ކުރުމަށް އެރަށުގައި ސަރަހައްދީ ވޯކްޝޮޕެއް ޤާއިމް ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި އެވޯކްޝޮޕް އޮޕަރޭޝަނަަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސައީދް ވިދާޅުވިއެވެ.
ސަރުކާރުން ގދ.ތިނަދޫގެ އައު އިންޖީނުގޭގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25ވަނަ ދުވަހުގެ ރޭ ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައިވަނީ ތިނަދޫގައި ހުރި އިންޖީނުގެ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. އަދި އޭގެ ފަހުން މިއަދާއި ހަމައަށްވެސް ތިނަދޫއަށް ކަރަންޓުގެ ޚިދުމަތްދެމުންގެންދިޔައީ އިންޖީނުގެ ސަރަޙައްދުގެ މަގުމަތީގައި ހިޔާކޮށްގެން ހަދާފައިވާ ވަގުތީ ތަނެއްގައެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
ރައީސް ސޯލިހު ތިނަދޫ އައު އިންޖީނުގެ ހުޅުއްވައިދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ