ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުމާ ގުޅިގެން އެ މަނިކުފާނުގެ ފަރާތުން މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަދި ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައި ވަނީ ސްޕްރީމް ކޯޓަށް ވަޑައިގަތީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ހައްގުތައް ކަށަވަރު ކުރުމަށް ކަމަށެވެ.
ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ 9 ސެޕްޓެމްބަރު 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެ ކޯލިޝާންގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް އެކޯލިޝަނުން ގަބޫލުނުކުރާ ކަމަށެވެ.
ކޮމިޝަންގެ ނިންމުމަކީ ސަރުކާރުގެ ނުފޫޒުން ނިންމާފައިވާ ނިންމުމެއް ކަމަށް ތުހުމަތުކޮށް ޕީޕީއެމް އިން ބުނީ މިއަދު މި ކުރަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ހައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތްކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވެއްޖެ ލިޔެ ކިއުން ދައްކަވަން ދެކޮޅު ހެއްދެވުމުން ޖަލު ބައްދަލުވުން ކެންސަލް ރައީސް ޔާމީންއަށް އިންތިހާބީ ހައްގު ކަށަވަރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި ތުރުކީގެ އިންތިހާބު ކާމިޔާބުކުރެއްވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ