މި ސަރުކާރުގެ ފަސް އަހަރު ކޮންމެ އަހަރަކުވެސް ގެންދިޔައީ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނުގެ މިންވަރު އިތުރު ކުރަމުންނެވެ.
މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ހަމަޖެހިފައިވާ ދަރިވަރުންގެ ތެރެއިން ލިޔެކިޔުންތައް ހަމައަށް ހަމައަށް ހުށައަޅާ ދަރިވަރުންނަށް ފީ ޝީޓް ގައި ސޮއިކުރުމަށް ފަހު މަސައްކަތު ފަސް ދުވަހުގެ ތެރޭގައި ލޯނު ފައިސާ ޖަމާކޮށްދެވޭނެ ގޮތަށް މަަސައްކަތްތައް ރޭވިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ލޯނު ފައިސާ އަށް ދަރިވަރުން ހުށައެޅުމުން ފައިސާ ލިބުން އަވަސް ކުރުމަށް ކުުރަމުންދާ މަސައްކަތާއި ގުޅޭގޮތުން މިއަދު އާންމުކުރި މައުލޫމާތުތަކުގައެވެ. މި އަހަރަކީ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ރެކޯޑް އަދަދަކަށްް ދަރިވަރުންނަށް ދޫކުރާ އަހަރެކެވެ. ސަރުކާރުން ވަނީ 1275 ދަރިވަރަކަށް ލޯނު ދޫކުރަން ނިންމާފައެވެ.މިނިސްޓްރީން ބުނީ ލޯނަށް ހޮވޭ ދަރިވަރުންނަށް ފައިސާ ދޫކުރެވޭނީ ދަރިވަރުން ފައިސާ ދޫކުރުމަށް އެދޭ ފޯމް ފުރިހަމަކޮށް ފޯމައެކު ހުށައަޅަން ޖެހޭ ލިޔެކިޔުންތައް ހަމަވުމުން ކަމަށެވެ. ލިޔެކިޔުންތައް ހަމަވުމުން ލޯނުގެ ފީ ޝީޓް ތައްޔާރުކޮށް ދަރިވަރުން ސޮއިކުރުމުން ލޯނު ދޫކުރުމަށް ވެވޭ އެގްރީމަންޓްގައި ސޮއިކުރެވޭނެ އެވެ. އަދި ދަރިވަރަށް ފައިސާ ދޫކުރާނެ އެވެ.މީގެ އިތުރުން ވެސް ދަރިވަރަކީ ލޯނަށް ހޮވިފައިވާ ފަރާތެއްކަން އަންގައިދޭ ތަފްސީލީ ސްޕޮންސާޝިޕް ލިޔުމެއް ކިޔަވަން އެދޭ ޔުނިވާސިޓީ/ކޮލެޖަށް ހުށައަޅަން ބޭނުންވާނަމަ ސްޕޮންސާޝިޕް ލިޔުން ދޫކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.ނަމަވެސް ލޯނުގެ ފައިސާ އަށް އެދި ދަރިވަރުން ފޯމް ހުށައަޅާއިރު ލިޔެކިޔުންތައް ފުރިހަމަނުވުމުގެ ސަބަބުން ފައިސާ ދޫކުރުމުގެ ކަންކަން ހަމަޖެއްސުމުގައި އިތުރު ވަގުތުތަކެއް ހޭދަވެ ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވެގެންދާކަން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ. އެހެން ކަމުން ފޯމް ހުށައަޅާއިރު ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް އިތުރު ސަމާލުކަން ދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. ލިޔެކިޔުންތައް ހަމައަށް ހަމައަށް ހުށައަޅާ ދަރިވަރުންނަށް ފީ ޝީޓް ގައި ސޮއިކުރުމަށް ފަހު މަސައްކަތު ފަސް ދުވަހުގެ ތެރޭގައި ލޯނު ފައިސާ ޖަމާކޮށްދެވޭނެ ގޮތަށް މަަސައްކަތްތައް ރޭވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.މި ސަރުކާރުގެ ފަސް އަހަރު ކޮންމެ އަހަރަކުވެސް ގެންދިޔައީ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނުގެ މިންވަރު އިތުރު ކުރަމުންނެވެ.
މި އަހަރުގެ ޖުލައި ހަތަރުވަނަ ދުވަހުގެ ނިޔަލަށް ލޯނު ލިބުނު ކަމުގެ ލިޔުން ދަރިވަރުންނާއި ހަވާލު ކުރެވުނު ފަހުން ލޯނުގެ ފައިސާ ހަމަޖައްސައިދިނުމަށް އެދި 760 ދަރިވަރަކު ހުށައަޅާފައިވާ ކަމަށް ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އެ ދަރިވަރުންގެ ފޯމްތައް މިހާރު ދަނީ ޕްރޮސެސް ކުރަމުން ކަމަށާ މި މަހުގެ 20 ގެ ނިޔަލަށް ލިޔެކިޔުންތައް ހަމައަށް ލިބިފައިވާ ދަރިވަރުންނަށް ފީ ޝީޓްތައް ތައްޔާރުކޮށް ވަނީ ނިމިފައެވެ.އަދި ގިނަ ދަރިވަރުންނަށް މިހާރު ވަނީ ލޯނުގެ ފައިސާ ދޫކޮށްފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ދަރިވަރުންނަށް ބޮޑު ހިތްހަމަޖެހުމެއް: ފީ ޝީޓްގައި ސޮއިކުރާތާ ފަސް ދުވަސްތެރޭ ފައިސާ ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ