ބީއެމްއެލްގެ ކުޑަހުވަދޫ އާ ބްރާންޗް ހުޅުވައިފި

ދ. ކުޑަހުވަދޫގައި ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ގެ އާ ބުރާންޗް ހުޅުުވައި ހިދުމަތް ދޭން ފަށައިފި އެވެ.
އެތަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް ބްރާންޗް ހުޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެ ރަސްމިއްޔާތުގައި ގައުމީ ބޭންކްގް އިސްވެރިންނާއި، އަތޮޅު ކައުންސިލް މެންބަރުގެ އިތުރުން ކުޑަހުވަދޫގެ ކައުންސިލްގެ މެންބަރުންނާއި ބައެއް ރައްޔިތުން ބައިވެރިވި އެވެ.
ބީއެމްއެލުން ބުނީ ޑަހުވަދޫގައި ގާއިމުކުރި އާ ބްރާންޗަކީ "ޕޭޕަ ލެސް" ނުވަތަ ޑިޖިޓަލް ބޭންކިންގ ނިޒާމު ހިމެނޭ ބްރާންޗެއް ކަމަށެވެ. އަދި މި ބްރާންޗުން އިސްލާމީ ޝަރީއަތާ އެއްގޮތަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިންގެ ޚިދުމަތްތައް ފޯރުކޮށް ދޭނެ އެވެ.
މި ބްރާންޗުން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލްތަކަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ