ބީއެމްއެލްއާއި އޭޝިއާގެ ޗާޓާޑް ބޭންކާސް ގުޅިގެން ރާއްޖޭގެ ބޭންކިން ދާއިރާ ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި އޭޝިއަން އިންސްޓިއުޓް އޮފް ޗާޓާޑް ބޭންކަރސް (އޭއައިސީބީ)އާ ގުޅިގެން ރާއްޖޭގެ ބޭންކިން ދާއިރާ އިތުރަށް ތަރައްގީކޮށް، ކުރިއަރުވަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފެވެ. އޭއައިސީބީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެކްޒެކްޓިވް އެޑްވާޑް ލިންގއެވެ. މި އެއްބަސްވުމުގެ ދަށުން ޗާޓާޑް ބޭންކިންގެ ދާއިރާއިން ދިވެހިން ތަމުރީނުކުރުމުގެ ފުރުސަތުތައް ހުޅުވާނެއެވެ. ބީއެމްއެލްއިން އޭއައިސީބީއާ އެކު ސޮއިކުރުން: އެއްބަސްވުމާ އެކު ބޭންކިން ދާއިރާ ތަރައްގީކުރަން މަސައްކަތްކުރާނެ -- ފޮޓޯ/ ބީއެމްއެލް މި ކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އޮފިޝަލް ވިދާޅުވީ، އޭއައިސީބީއާ ގުޅިގެން ރާއްޖޭގެ ބޭންކިން ޕްރޮފެޝަން އިތުރަށް ތަރައްގީކުރުމަށް މި އެއްބަސްވުމާ އެކު މުހިންމު މަސައްކަތްތަކެއް ފެށޭނެ ކަމަށެވެ. މި ގޮތުން ޗާޓާޑް ބޭންކިންގެ ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ރާއްޖޭގައި ހިންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ގައުމީ ބޭންކުގެ ހައިސިއްޔަތުން މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ކުރިއެރުވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް،" އޮފިޝަލް ވިދާޅުވިއެވެ. ބޭންކިން ދާއިރާގެ ތައުލީމާއި ތަމުރީނު ފޯރުކޮށްދޭ ފަރާތެއްގެ ގޮތުން ބީއެމްއެލް އެކެޑަމީން އަންނަނީ މި ދާއިރާއިން މީހުން ބިނާކުރުމުގެ ގޮތުން އެކި ޕްރޮފެޝަނަލް ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން އިންޓާންޝިޕްގެ ފުރުސަތު ވެސް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ