ފައިސާ ނުދެވެނީ ދަރިވަރުންގެ ސަބަބުން ކަމަށް ހައިދަރު ވިދާޅުވެއްޖެ ފައިސާ ނުދެވެނީ ދަރިވަރުންގެ ސަބަބުން ކަމަށް ހައިދަރު ވިދާޅުވެއްޖެ

ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދެވި ދިގުލައިގެންދަނީ އެ ދަރިވަރުންގެ ސަބަބުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ގެނެސްދެއްވާ ޕޮޑްކާސްޓުގައި ހައިދަރު ވިދާޅުވީ ދަރިވަރުންނަށް ފައިސާ ދޫނުކުރެވި ދިގުލައިގެންދާ މައިގަނޑު ސަބަބަކީ މިނިސްޓްރީއަށް ބޭނުންވާ ބައެއް ލިޔުންތައް ދަރިވަރުންގެ ފަރާތުން ނުލިބުމުން ކަމަށެވެ.
"އަޅުގަނޑުމެން ހޯދަންޖެހޭ ލިޔެކިޔުންތައް ބަރާބަރަށް ނުލިބިގެންނޭ އެހާ ހިސާބަށް ދަނީ. ނޫނީ އެއަށް ބޭނުންވާ އަދަދަށް ފައިސާ ދޫކުރެވެން އުސޫލުގެ ތެރެއިން ނެތީމަ އެކަންތައްތައް ދިގުލައިގެން ދިޔުމުގެ ތެރޭގައި ވެސް އެބަހުރެއޭ އެކަހަލަ މައްސަލަތައް ދިމާވެފައި އެނގޭތޯ," މިނިސްޓަރު ވިދާޅުވި އެވެ.
ހައިދަރު ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު 75 ޕަސަންޓަށްވުރެ ގިނަ ދަރިވަރުންނަށް އެ ފައިސާ ދޭން އޮންނަ މުއްދަތުގައި ފައިސާ ދެވިފައިވާ ކަމަށެވެ.
ނަމަވެސް ބައެއް ދަރިވަރުން ފޮނުވަން ޖެހޭ ލިޔުންތައް ނުފޮނުވުމުގެ ސަބަބުން ފައިސާ ދޫކުރުން އަށް ހަފްތާއަށް ދިގުލައިގެން ގޮސްފައި އެބަހުރި ކަމަށާއި އުސޫލުން ބޭރުން އެއްވެސް ދަރިވަރަކަށް ފައިސާ ނުދެވޭނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.
"މިދިޔަ ހަތަރު އަހަރު ދުވަހުގެ ތަފާސްހިސާބަށް އަޅުގަނޑުމެން ބަލާލާއިރު ހަމަ ގާތްގަނަޑަކަށް 75 ޕަސަންޓަށްވުރެ ވެސް މައްޗަށް އަޅުގަނޑުމެންނަށް ހަމަ ބަރާބަރަށް އެ އޮންނަ މުއްދަތު ތެރޭގައި ފައިސާ ދެއްކިފައޭ ހުރީ އެނގޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ހައިދަރު ވަނީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ނުދެވެނީ އެ ދަރިވަރުންގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ފައިސާ ދިނުން ލަސްވަނީ ދަރިވަރުން ފުރިހަމަކުރަން ޖެހޭ މައުލޫމާތުތާއި ލިޔުންތައް ހަމަނުކުރާތީ އެވެ.
ނަމަވެސް ރާއްޖެއިން ބޭރުގައި މަތީތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީ ދިގުލައިގެންދާ މައްސަލަ ބައެއް ދަރިވަރުން މިދިޔަ އަހަރު ސޯޝަލް މީޑިއާއަށް ތިރިކޮށްފައިވެ އެވެ.
ދަރިވަރުންނަށް ދިމާވާ އެ މައްސަލަތައް ހައްލުކޮށްދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހަޔާ އެޑިއުކޭޝަނަށް ހާއްސަ ރިޕޯޓެއް މިދިޔަ މަހު ފޮނުވި އެވެ.
ސްޓޫޑެންޓް ލޯނުގައި މި ވަގުތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 36 ގައުމެއްގައި 1،740 ދަރިވަރުން ކިޔަވަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. ސްކޮލާޝިޕްތަކުގައި 20 ގައުމެއްގައި 602 ދަރުވަރޔބް ދަބޫ ތައުލީމު ހާސިލުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ