މަޝްހޫރު ބޭންޑް 'ދަ ބީޓްލްސް'އަށް ބިނާކޮށް އުފައްދާ ފިލްމު ސީރީސްއިން ފަރުހާނު ފެންނާނެ

އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ރޮކް ބޭންޑް "ދަ ބީޓްލްސް"އަށް ބިނާކޮށް އުފައްދާ ފިލްމު ސީރީޒްއިން ބޮލީވުޑްގެ އެކްޓަރު/ޑައިރެކްޓަރު ފަރުހާން އަޚްތަރު ފެންނާނެކަން ކަށަވަރުވެއްޖެއެވެ. ކުޅަދާނަ ފިލްމު ޑައިރެކްޓަރު ސޭމް މެންޑޭޒްގެ މި ފިލްމު ސީރީސްގައި ފަރުހާން ކުޅެން ހަމަޖެހިފައި ވަނީ އިންޑިއާގެ ހުނަރުވެރި މިއުޒިކީ ފަންނާނެއް ކަމަށްވާ ޕަންޑިތު ރަވީ ޝަންކަރުގެ ރޯލެވެ. ފަރުހާން މަސައްކަތްކުރާ ކެރިއަރުގެ ފުރަތަމަ ހޮލީވުޑް ޕްރޮޖެކްޓްގެ މަސައްކަތް އަދި ނުފެށި ކަމަށްވިޔަސް އެ ޕްރޮޖެކްޓްގައި މަސައްކަތް ކުރަން ލިބުނު ފުރުސަތާމެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށާއި އުފާވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. "ދަ ބީޓްލްސް - އަ ފޯ - ފިލްމު ސިނެމެޓިކް އިވެންޓް"ގެ ކާސްޓުން ފަރުހާންއާ އެކު ފެންނާނެ ހޮލީވުޑްގެ ތަރިން--ފޮޓޯ/ވެރައިޓީ "ދަ ބީޓްލްސް - އަ ފޯ - ފިލްމު ސިނެމެޓިކް އިވެންޓް"ގެ ނަމުގައި އުފައްދާ މި ފިލްމު ސީރީޒްގައި އިން ލިބުނު ފުރުސަތާ އެކު ޑައިރެކްޓަރު ސޭމް މެންޑޭޒްއާ އެކު މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާވާ ކަމަށާއި މި ޕްރޮޖެކްޓްގެ މަސައްކަތް ފަށާނެ އިރަކަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ކަމަށް ފަރުހާން ވަނީ ބުނެފައެވެ. ސޮނީ ޕިކްޗާސްގެ "ދަ ބީޓްލްސް"ގެ ފިލްމު ސީރީޒް ގެނެސްދޭނީ ހަތަރު ފިލްމު އެކުލެވޭ ގޮތަށެވެ. މި ފިލްމުން ފަރުހާންގެ އިތުރުން ފެންނާނެ އިތުރު ތަރިންގެތެރޭ ހެރީ ލޯޓޭ، ލޫސީ ބޮއިންޓޮން އަދި މޯފީޑް ކްލާކް ހިމެނެއެވެ. "ދަ ބީޓްލްސް"ގެ ފިލްމުގައި މަސައްކަތްކުރާކަން ކަށަވަރުކޮށްދެމުން ޑެޑްލައިން ނޫހުގައި އެކަމާ ގުޅިގެން ޝާއިއުކޮށްފައިވާ ޚަބަރެއްގެ ސްކްރީން ޝޮޓް ވެސް ފަރުހާން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ފަރުހާން އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި އަސްކަރީ ފިލްމު "120 ބަހާދުރު"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ