މިއަދުވެސް ނުރައްކާ މިންވަރަށް ވައި ނުސާފު؛ ސަމާލުވާން އެދިއްޖެ

ދިވެހިރާއްޖޭގެ ބޮޑު ސަރަހައްދަކަށް، އަނެއްކާވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކޮށް ދުރު ފެންނަ މިންވަރު ދަށްވެއްޖެއެވެ. 
ވައިގެ ސާފުމިން ބަލާ އެޕް އައިކިޔުއެއާ ވިޝުއަލް އިން ދައްކާގޮތުން، ރާއްޖޭގެ އުތުރަށް ވައިގެ ސާފުމިން ހުރީ 159 ގައެވެ. އަދި މާލޭ ސަރަހައްދުގައި ވައިގެ ސާފުމިން ހުރީ 154 ގައެވެ. މިއީ ސިއްހީ ގޮތުން ނުރައްކާ މިންވަރެކެވެ. 
އެހެންކަމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިކަމަށް އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. 
ވަކިން ޚާއްސަކޮށް ބޭރުގައި ގިނަވަގުތު އުޅޭ ފަރާތްތަކާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި މާސްކު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، ދުރު ފެންނަ މިންވަރު ދަށްވުމުގެ ސަބަބުން ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ