ނިދުމުގެ 3 ގަޑިއިރު ކުރިން ކެއުން ހުއްޓާލުމަކީ ހިތުގެ ބަލިތަކުން ސަލާމަތްވުމަށް އޮތް ފަސޭހަ މަގެއް އޭއޯ ރޯދައިގެ ބަދިގެ: ޗިޗަންޑާ މަސްހުނި ދަނޑުވެރިންގެ ބާޒާރު ހުޅުވައިފި: ރޭގަނޑު ވެސް ވިޔަފާރި ކުރެވޭނެ ފިތުރު ޒަކާތުގެ ރޭޓުތައް ހާމަކޮށްފި: އާދައިގެ ހަނޑުލ

ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްމާއިލް ނަވީން ރިޓަޔާ ކުރެއްވުމާއި ގުޅިގެން، އެ އިދާރާގެ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކުރައްވައިފި އެވެ.
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ބުނީ، އިއްޔެ އިން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތް ހިންގެވުމުގެ ޒިންމާތައް ވަގުތީގޮތުން ޑީސީޕީ ފަރުހާދުއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން, ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ އިއްޔެ އެވެ.
އެކަން އިއުލާން ކުރައްވައި ނަވީން ވިދާޅުވި ގޮތުން ހިދުމަތުން ވަކިވެވަޑައިގަންނަވަނީ 31 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށް ފަހު އެވެ.
ފުލުހުންގެ ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުކަމަށް ބޭފުޅަކު އައްޔަން ކުރެވޭނީ ހޯމް މިނިސްޓްރީން އެކަމަށް އާންމުކޮށް އިއުލާން ކުރުމަށް ފަހު އެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ނަވީން ސީޕީކަމާ ހަވާލުވެވަޑައިގެންނެވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރެއްވީ ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ޔުމުނު ރަޝީދު ވެއްޓުނު މައްސަލައިގައި ފުލުހުންނަށް ވަރަށްބޮޑަށް ފާޑުކިޔުން އަމާޒުވުމާއި ގުޅިގެންނެވެ.
ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑާ ހިލާފަށް އަމަލުކުރެއްވި ކަމަށް ތުހުމަތު މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ، ސީޕީ ނަވީން ހިމެނޭ ގޮތަށް، ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ލަފާދޭން ނިންމައިފަ އެވެ.
ނަމަވެސް އެ ފިޔަވަޅު ތަންފީޒު ކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ