ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ގޮތުން މައުމޫން ފައުންޑޭޝަނުން މި އަހަރުވެސް ޖަލްސާތަކެއް ބޭއްވުމަށް ނިންމައިފި އެވެ.
މައުމޫން ފައުންޑޭޝަނުން ބުނީ މި އަހަރުވެސް ސިލްސިލާ ޖަލްސާތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އަހަރުގެ ޖަލްސާތައް އޮންނާނީ ފެބްރުއަރީ 23 ވަނަ ދުވަހާއި މާޗް ތިން ވަނަ ދުވަހާއި 10 ވަނަ ދުވަސް އަދި 17 ވަނަ ދުވަހެވެ.
ޖަލްސާތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ. މި ޖަލްސާތަކުގައި ފައުންޑޭޝަންގެ ޗެއާމަަން ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދިނީ އިލްމުވެރީން ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް ބުންޏެވެ.
ޖަލްސާތައް ފެށޭނީ ރޭގަނޑު 10:00 ގަ އެވެ.
މައުމޫން ފައުންޑޭޝަނުން ވަނީ ޖަލްސާތަކުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ދައުވަތު ވެސް ދީފަ އެވެ.
މައުމޫން ފައުންޑޭޝަންގެ އިހްޔާ މި އަހަރު ވެސް އޮންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ