މި ސަރުކާރުން މުސާރައަށް 4.8 ބިލިއަން ހޭދަކުރޭ، އެކަމަކު ސަތޭކައަކުން އެކަކު ވެސް ތާއީދެއް ނުކުރޭ: ޞާލިހު
މި ސަރުކާރުން މުވައްޒަފުންނަށް މުސާރަ ދިނުމަށް އަހަރަކު 4.8 ބިލިއަން ރުފިޔާ ޚަރަދުކުރި ނަމަވެސް، ސަތޭކައަކުން އެކަކު ވެސް ސަރުކާރަށް ތާއިދުކުރާތަން ނުފެންނަ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރޭ ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޞާލިހު ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ވާހަކަ ސަރުކާރުން ދައްކަނީ ޚަރަދުކުޑަ ކުރުމުގެ ނަމުގައި ކަމަށެވެ. މިގޮތުން، އެ އިންތިޚާބުތައް ވަކިން ބާއްވައިގެން 50 މިލިއަން ރުފިޔާ އިތުރަށް ދާތީ އެ ކަން މަދުކުރަން ސަރުކާރުން ބޭނުންވާ ކަމަށް ޞާލިހު ވިދާޅުވިއެވެ. އެމްޑީޕީން ބޭއްވި ޖަލްސާގައި އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ---- ފޮޓޯ/ އެމްޑީޕީ އެ މަނިކުފާނު ވިދާޅުވީ، މިދިޔަ ސަރުކާރުގެ އެންމެ ފަހު އަހަރު މުވައްޒަފުންގެ މުސާރައަށް ޚަރަދުކުރީ މަހަކު 900 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް، މިހާރު މުވައްޒަފުންގެ މުސާރައަށް މަހަކު 400 މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށް ޞާލިހު ވިދާޅުވިއެވެ. އެއީ، އަހަރަކަށް 4.8 ބިލިއަން ރުފިޔާ ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ޞާލިހު ވިދާޅުވީ، ޚަރަދު ކުޑަކުރާނަމަ ބަދަލެއް ގެންނަންވީ މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުރާ ޚަރަދަށް ކަމަށެވެ. ރައްޔިތުންނަށް ލިބިފައި އޮތް ޑިމޮކްރެޓިކް ބާރު، ބަސްބުނުމުގެ ބާރު ހުއްޓުވާލުމަށްޓަކައި 50 މިލިއަން ރުފިޔާއެއް ނޫނެއްނޫންތޯ ކުޑަކުރަންވީ. މިއީ މިއަދު އަޅުގަނޑުމެން ވިސްނަންވީ ކަމެއްކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކުރިއަށް އޮތީ އިންތިޚާބުތައް ކަމަށްވާއިރު، ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން އަންނަނީ ތާއިދު ހޯދުމަށް ބޮޑެތި ކެމްޕެއިންތައް ކުރަމުންނެވެ. އިތުރަށް ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިހާރު ރައްޔިތުންގެ ތާއިދެއް ނެތެވެ. މިގޮތުން، ސަތޭކަ އަކުން އެކަކު ވެސް މި ސަރުކާރުގެ ސިޔާސަތުތަކަށް ތާއިދުކުރާތަން ފެނިވަޑައިނުގަންނަވާ ކަމަށް ޞާލިހު ވިދާޅުވިއެވެ. ޞާލިހު އެފަދައިން ވިދާޅުވިއިރު، އޭޕްރީލް ހަތަރެއްގައި ނަގާ ރެފަރެންޑަމް ހުއްޓުވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިދިކޮޅު އެމްޑީޕީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ޕާޓީގެ ފަރާތުން ވޯޓު ހުއްޓުވަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު، ގާނޫނީ ވަކީލުންތަކެއް ވެސް ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލައެއް ހުށަހަޅުއްވައިފައެވެ. އޭގެން އެއް މައްސަލަ ބޭރުކޮށްލިއިރު އަނެއް މައްސަލައިގެ އަޑުއެހުން ނިމި، ދެން އޮތީ ހުކުމްކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ