މާސްޓަކާޑު ބޭނުންކޮށްގެން ޔުއެފާ ލީގު ބަލައިލަން ޕެރިހަށް ދެވޭ ޕްރޮމޯޝަނެއް
މާސްޓަކާޑާ ގުޅިގެން ޔުއެފާ ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ. ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ބީއެމްއެލް އީއެންވީ ޕީއޯއެސް އަދި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބީއެމްއެލް މާސްޓަކާޑުގެ ޕާސަނަލް ކާޑުތަކުން ކުރާ ޓްރާންސެކްޝަންތައް މި ޕްރޮމޯޝަނުގައި ބައިވެރިކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. މި ޕްރޮމޯޝަން ނިމުމުން، މާސްޓަކާޑުން ފޯރުކޮށްދޭ ޚާއްސަ ފުރުސަތަކުން އަންނަ އަހަރު ޕެރިހުގައި ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕީއެސްޖީ އަދި ނިއުކާސަލް ވާދަކުރާ މެޗު ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ދެ ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ. • ގްރޭންޑް ވިނާ: ގްރޭންޑް ވިނާގެ ގޮތުގައި ހޮވޭ ފަރާތަކަށް ހުރިހާ ހަރަދަކާއެކު ފްރާންސްގެ ޕެރިހަށް ހަތަރު ދުވަހުގެ ދަތުރެއް ލިބޭނެއެވެ. އަދި އިތުރު ބައިވެރިއަކާއެކު މާލެ/ޕެރިސް ދެކޮޅު ޓިކެޓާއިއެކު އެސިޓީގެ ލަގްޒަރީ ހޮޓަލެއްގައި މަޑުކުރުމުގެ ފުރުސަތުގެ އިތުރުން ގައިޑެޑް ޓުއާ އެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. • ދެވަނައަށް ހޮވޭ ފަރާތް: ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް ހުރިހާ ހަރަދަކާއެކު ޕެރިހަށް ތިން ދުވަހުގެ ދަތުރެއް ލިބޭނެއެވެ. އަދި އިތުރު ބައިވެރިއަކާއެކު މާލެ/ޕެރިސް ދެކޮޅު ޓިކެޓާއި ލަގްޒަރީ ހޮޓަލެއްގައި ހުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. މާސްޓަކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސާ އެވެ. ބީއެމްއެލްއަކީ ރާއްޖޭގައި މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. އެގޮތުން ބީއެމްއެލްއިން މާސްޓަކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރެއެވެ. އަދި މާސްޓަކާޑާ ގުޅިގެން މިފަދަ ޕްރޮމޯޝަންތަކުން ކަސްޓަމަރުންނަށް އަގުހުރި ތަޖުރިބާތައް ފޯރުކޮށްދެއެވެ. މި ޕްރޮމޯޝަންގެ އިތުރު މައުލޫމާތު މި ލިންކުން ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ