ތަފާތު އެކި މާއްދާތައް ކިޔަވައިދޭ ތިބްޔާން ޕްރީސްކޫލުން އަންނަ އަހަރުގެ އެޑްމިޝަނަށް އިއުލާންކޮށްފި
ހުޅުމާލޭގެ ފޭސް އެކެއްގައި ހިންގަމުން އަންނަ ތިބްޔާން ޕްރީސްކޫލްގެ, އަންނަ އަހަރުގެ ދިރާސީ އަހަރުގެ އެޑްމިޝަނަށް ހުޅުވާލައިފިއެވެ. އެ ސްކޫލުން ބުނީ އެޑްމިޝަން ހުޅުވާލާފައިވަނީ ޕްލޭސްކޫލު، ބޭބީ ނާސަރީ، ލެވަލް 1 (ނާސަރީ) ، ލެވަލް 2 (އެލްކޭޖީ) އަދި ލެވަލް 3 (ޔޫކޭޖީ) ގެ ގުރޭޑުތަކުން ކަމަށެވެ. ތިބްޔާން ޕްރީސްކޫލުން ބުނީ އެސްކޫލުގައި ކިޔަވައިދޭނީ ތަފާތު ހަތް މާއްދާއެއްގެ މައްޗަށް އެކުލަވާލެވިފައިވާ ފޮތް ސެޓަކުން ކަމަށެވެ. އެ މާއްދާތަކަކީ ޤުރުއާން، ޢަރަބި ބަސް، އިސްލާމް، ދިވެހިބަސް، އިނގިރޭސި، ހިސާބު އަދި ސެޓް މި މާއްދާ ހިމެނެއެވެ. ސެޓް (SET) އެއީ ސައިންސް، އެންވަޔަމަންޓް، ޓެކްނޮލޮޖީގެ އެކި ބައިތައް ހިމަނައިގެން އުފައްދާފައިވާ މާއްދާއެކެވެ. ޤުރުއާން މާއްދާގައި އެންމެ ތުއްތު ކުދިންނަށް އަކުރު ފިލި ދަސްކުރުމުން ފެށިގެން އައްމާ ފޮތް ކިޔެވުމާއި ހިތުދަސްކުރުމާއި ތަޖުވީދުގެ ބައެއް ފިލާވަޅުތައް ހިމެނިފައިވާނެ ކަމަށް އެ ސްކޫލުން މައުލޫމާތު ދީފައިވެއެވެ. ތިބްޔާން ޕްރީ ސްކޫލުގެ ކްލާސްރޫމެއްގައި ދަރިވަރުންތަކެއް----ފޮޓޯ: ތިބްޔާން ޕްރީސްކޫލު އިސްލާމް މާއްދާއާއި ސްކޫލުގައި ހިންގޭ އެކި ހަރަކާތްތަކުގެ ތެރެއިން ކުއްޖާއަށް އެކި މުހިންމު ދުޢާތައް ދަސްކޮށްދިނުމާއި ދީނުގެ މުހިންމު ކަންކަމާއި އަމަލުތަކާއި އިސްލާމީ ރިވެތި އަހުލާގު އަށަގެންނެވުމަށް ސްކޫލުގެ ފުރަތަމަ މަރުހަލާއިން ފެށިގެން މަސައްކަތް ކުރަމުންގެންދާނެ ކަމަށް ތިބްޔާން ޕްރީސްކޫލުން ބުންޏެވެ. ތިބްޔާން ޕްރީ ސްކޫލުން ބުނީ ކުއްޖާއަށް ޕްރީސްކޫލް މަރުހަލާގައި ބޭނުންވާނެ ލައިފް ސްކިލްސްތަކުގެ އިތުރުން ޓައިމްޓޭބަލާއި އެއްގޮތަށް ޕްލޭޓައިމް ކުރިއަށް ގެންދާ ކަމަށެވެ. ތިބްޔާން ސްކޫލުގެ ކްލާސްރޫމްތަކަކީ ކުދިންނާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ ކްލާސްރޫމްތަކެކެވެ. މި ސްކޫލުގައި ކުދިންނަށް ކިޔަވައިދިނުމަށް ޓީވީ ވެސް ހަރުކޮށްފައިވެއެވެ. އަދި ޕްލޭގްރައުންޑްގައި ކުދިން ކުޅެ ހެދުމަށް ޓްރެމްޕޮލިން އަދި ސްލައިޑްފަދަ ތަކެތި ގާއިމުކޮށްފައިވެއެވެ. ތިބްޔާން ސްކޫލުން ބުނީ އެ ސްކޫލުގެ އެކްޓިވިޓީ ކަލަންޑަރުގައި ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދިވެހި އަދަބީ ހަފްތާ، އިންގްލިޝް ވީކް، އެކި ވަޒީފާތައް ދަސްކޮށްދިނުމަށް ބާއްވާ ހަރަކާތް، ބޭބީ ކްލަބް ކުދިންގެ ބީޗް ޑޭ، ކޮމިއުނިޓީ ޑޭ، ސްޕޯޓްސް މީޓު އަދި ޤުރުއާން މުބާރާތް ވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެކި ފިލާވާޅުތަކާއި ގުޅިގެން އެކި ތަންތަނަށް ޒިޔާރަތް ކުރުމާއި ފަންނީ އެކި ފަރާތްތަކުން ސްކޫލަށް ވަޑައިގެން އެކި ޝެޝަންތައް ކުރިއަށް ގެންދިޔުންވެސް ހިމެނޭ ކަމަށް އެސްކޫލުން ބުންޏެވެ. ތިބްޔާން ޕްރީ ސްކޫލުގެ ކްލާސްރޫމެއްގައި ދަރިވަރުންތަކެއް----ފޮޓޯ: ތިބްޔާން ޕްރީސްކޫލު ތިބްޔާން ޕްރީ ސްކޫލް ހުޅުމާލޭގެ ޕްރިންސިޕަލަކީ ތަޢުލީމީ ދާއިރާގައި 35 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އުއްމު ސަލްމާ ނުވަތަ އެންމެން ދަންނަ ނަމުންނަމަ، އުއްމު މިސްއެވެ. ޕްރިންސިޕަލްގެ ދަށުން މި ސްކޫލުގައި ކިޔަވައި ދިނުމުގައި އިސްކޮށް ތިއްބަވަނީ އާލީ ޗައިލްޑްހުޑް ދާއިރާއިން ތަޢުލީމް ޙާޞިލްކޮށްފައިވާ، މި ދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު، ޤާބިލު މުދައްރިސުންތަކެކެވެ. ތިބްޔާން ސްކޫލާ ބެހޭ އިތުރު މަޢްލޫމާތު އެ ސްކޫލް ވެބްސައިޓް އަދި ސްކޫލުގެ ސޯޝަލް މީޑިއާ ހެންޑުލްތަކުން ލިބެން ހުންނާނެއެވެ. އަދި ސްކޫލަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށް ސްކޫލުގެ ފޯން ނަންބަރު 7259090 އަށް ގުޅައިގެން އެކަން ހަމަޖެހިގެންދާނެ ކަމަށް ތިބްޔާން ޕްރީސްކޫލުން ބުންޏެވެ. ސްކޫލްގެ އެޑްމިޝަން ފޯމް، ތިބްޔާން ޕްރީސްކޫލް ވެބްސައިޓް އަދި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ