ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025"ގެ ޗެރިޓީ ޝީލްޑް އިހަވަންދޫ އިން ރޭ ކާމިޔާބުކޮށްފިއެވެ.
މި މުބާރާތް ފެށުމުގެ ކުރިން ކުޅުނު ޗެރިޓީ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި ވާދަކުރީ މުބާރާތް ހޯސްޓްކުރާ ރަށް ކަމަށްވާ އުތީމެވެ.
ރޭ 20:30 ގައި ފެށި މި މެޗުގެ ފުރިހަމަ ކުޅުން ހަމަވިއިރު ދެ ޓީމު އޮތީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ. މެޗުގައި ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގައި އިހަވަންދޫ ޓީމުގެ ޢަލީ ނާއިޝް ކާމިޔާބުކޮށްފައި ވަނިކޮށް، ފަހު ހާފުގައި އުތީމުން ވަނީ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އުތީމަށް ޖަހައިދިނީ ރިޝްވާން އިބްރާހީމް ރަޝީދު މޫސާ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ޝީލްޑް ލިބޭ ޓީމެއް ކަނޑައެޅުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ. އިހަވަންދޫ ޓީމުން ޖެހި ހުރިހާ ޕެނަލްޓީ އެއްވެސް ކާމިޔާބުކޮށްފައިވާއިރު، އެ ޓީމަށް ޕެނަލްޓީތައް ޖަހައިދިނީ ޢަލީ ނާއިޝް، ޝިފާޒް، ކެޕްޓަން ފަޒީލް، މުޙައްމަދު ރައްޔާހް އަދި ޔަނާލް އެވެ.
އުތީމަށް ޝީލްޑް ގެއްލުނީ އެއް ޕެނަލްޓީ ނާކާމިޔާބުވެގެންނެވެ. އެއީ އުތީމުގެ ކެޕްޓަން ރިފާޢު ޖެހި ޕެނަލްޓީ އިހަވަންދޫގެ ކީޕަރު މަތަކުރުމުންނެވެ. އުތީމުން ކާމިޔާބު ކުރި ޕެނެލްޓީތައް ޖަހައިިދިނީ ރިޝްވާން، މުހައްމަދު މަޒީން އަދި މުހައްމަދު އައިލަމް އަބުދުއްﷲ އެވެ.
މި މެޗު ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ތޮލާލް އެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުތައް ރަސްމީކޮށް ފަށާނީ މިއަދު ހަވީރު 16:00 ގައެވެ. މުބާރާތް ހުޅުވާ މެޗުގައި ވެސް ބައްދަލުކުރާނީ އިހަވަންދޫ އާއި އުތީމެވެ.
މި މުބާތާތުގެ އިތުރު ތިން މެޗު މިއަދު ކުޅޭނެއެވެ. ދެވަނަ މެޗުގައި 17:00 ގައި މުރައިދޫ އާއި ދިއްދޫ ބައްދަލުކުރާއިރު، 20:00 ގައި ކުޅޭނީ ވަށަފަރާއި ފިއްލަދޫ އެވެ. އަދި 21:00 ގައި ކެލައާއި ބާރަށުގެ މެޗު ކުޅޭނެއެވެ.
މި މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައިވާގޮތް:
4 ނޮވެމްބަރު
16:00 އިހަވަންދޫ - އުތީމު، 17:00 މުރައިދޫ - ދިއްދޫ، 20:00 ވަށަފަރު - ފިއްލަދޫ އަދި 21:00 ކެލާ - ބާރަށް.
5 ނޮވެމްބަރު
16:00 މުރައިދޫ - ބާރަށް، 17:00 އުތީމު - ވަށަފަރު، 20:00 ދިއްދޫ - ކެލާ އަދި 21:00 ހޯރަފުށި - އިހަވަންދޫ.
6 ނޮވެމްބަރު
16:00 ފިއްލަދޫ - ހޯރަފުށި، 17:00 ކެލާ - މުރައިދޫ، 20:00 އިހަވަންދޫ - ހޯރަފުށި އަދި 21:00 ބާރަށް - ދިއްދޫ.
7 ނޮވެމްބަރު
16:30 ހޯރަފުށި - އުތީމު، 20:30 ފިއްލަދޫ - އިހަވަންދޫ
8 ނޮވެމްބަރު
16:30 ވަށަފަރު - ހޯރަފުށި، 20:30 އުތީމު - ފިއްލަދޫ
10 ނޮވެމްބަރު، ސެމީގެ މެޗުތައް،
12 ނޮވެމްބަރު، 23:30 ފައިނަލް
Thiladhun © 2019 – 2025| Made with  in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
    
    ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެރިޓީ ޝީލްޑް އިހަވަންދޫ އިން ކާމިޔާބުކޮށްފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ