ދަންވި ދަންވިހެން ކޮންމެވެސް އެއްޗެއް އަބަދު ކާން ބޭނުންވޭތަ؟

ރޭގަނޑު ހޭލާ ހުންނަ ހުރުމުގައި ދަންވި ދަންވިހެން އަބަދު ކޮންމެވެސް އެއްޗެއް ކާހިތްވުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް މަދުން ނަމަވެސް ދިމާވާ ކަމެކެވެ. ބައެއް މީހުން އިރާކޮޅު ކެއުމަށްފަހު ހޭލާ ހުއްޓަސް ނިދުމުގެ ކުރިން ކޮންމެވެސް އެއްޗެއް ކާން ބޭނުންވެ ނުނިދިފައި ވެސް ތިބެއެވެ. މިއަށް ސިއްހީ މާހިރުން ކިޔަނީ 'ނައިޓް އީޓިންގް ސިންޑްރޯމް'އެވެ. މިގޮތަށް ރޭގަނޑު ކެއުން ބަހައްޓަން އާދަވެފައިވާ މީހަކަށް ޖެހިގެން އަންނަ ދުވަސް ހޭދަކުރުމުގައި ވެސް ދަތި އުނދަގޫތަކަކާ ކުރިމަތިލާންޖެހޭ ފަހަރު އާދެއެވެ. ހަށިގަނޑަށް ބޭނުންވާ ނިދި ރަނގަޅަށް ނުލިބި ކެއުމާ މާބޮޑަށް މަޝްއޫލުވުމުގެ ސަބަބުން ވަރަށް ގިނަ ނޭދެވޭ އަސަރު އެކަމުން ހަށިގަނޑަށް ކުރޭ--ފޮޓޯ/ޕިންޓްރެސްޓް އެއްޗެއް ކާހިތްވެގެން ނިދަން އޮވެފައި ވެސް ހޭލާ އުޅުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ފުރިހަމަ ނިދި ނުލިބުމުގެ ސަބަބުން ނަފުސާނީ ދުޅަހެޔޮ ކަމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. އެހެންކަމުން މި ނުރަނގަޅު އާދައާ ދުރުވެ ކެއުމުގެ އާދަތަކަށް ބަދަލު ގެނެސް ހަށިގަނޑަށް ބޭނުންވާ އަރާމު ނިދި ހޯދުމަށް އަޅުގަނޑުމެންނަށް އިޚުތިޔާރު ކުރެވިދާނެއެވެ. ރޭގަނޑުގެ ކެއުމުގެ ސިންޑްރޯމް (އެންއީއެސް) ތަހައްމަލުކުރާ މީހުން ރޭގަނޑުގެ ކޮންމެ ވެސް އެއް ބައެއްގައި އެއްޗެއް ކާހިތްވެގެން ހޭލެވޭއިރު ގިނަ ފަހަރަށް މި މީހުންނަކީ ދުވަހުގެ ކެއުމުގެ ވަރަށް ބޮޑު ބައެއް ރޭގަނޑުގެ ކެއުމާ އެކު ނިންމާލާ މީހުންނެވެ. އާއްމުކޮށް މި ހާލަތު މެދުވެރި ވަނީ އެ މީހެއްގެ ދުވަސް ނިންމާލެވޭ ގޮތަކަށް ބިނާކޮށް ކަމަށް އެމެރިކާގެ ނޮންޕްރޮފިޓް އެކަޑެމިކް މެޑިކަލް ސެންޓަ ކްލެވްލޭންޑް ކްލިނިކުން ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވަނީ ފާހަގަކޮށްފައެވެ. ބައެއްފަހަރު ދުވާލު ކާންޖެހޭ ވަގުތުތަކުގައި ކޮންމެވެސް ސަބަބަކާ ހެދި ނުކެވޭ މީހުންނަށް ވެސް މި މައްސަލަ ދިމާވާ ކަމަށް މި ލިޔުމުގައި ބުނެފައި ވެއެވެ. ރޭގަނޑު ކާހިތްވެ އެކަމުގެ ސަބަބުން މާބޮޑަށް މީހާއަށް ސިއްހީ މައްސަލަތައް ދިމާވާނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށް އަވަސްވެގަތުމަށް ސިއްހީ މާހިރުން ލަފާ ދެއްވާ--ފޮޓޯ/ޕިންޓްރެސްޓް އެންއީއެސް ތަހައްމަލުކުރަމުންދާ މީހުންނަށް ހީވެފައި އޮންނަނީ ރޭގަނޑު އެއްޗެއް އެގޮތަށް ކާނުލެވިއްޖެނަމަ ރަނގަޅަށް ނުނިދާނެ ކަމަށެވެ. ނުވަތަ ހެނދުނު ހޭލެވޭއިރު ހަށިގަނޑަށް ބޭނުންވާ އަރާމު ނުލިބުމާއި ހެނދުނުގެ ނާސްތާއަށް ބަނޑުހައިނުވާނެ ކަމަށް ވެސް ގިނަ ބަޔަކު ހީކުރެއެވެ. އެހެންނަމަވެސް މި ހުރިހާ ހީކުރުންތަކާ އެކު ޖެހިގެން އަންނަ ދުވަސް ފަށައިގަންނައިރު ގިނަ މީހުންގެ މޫޑު ގޯސްވެ މަސައްކަތުގެ މާހައުލުގައި ނުވަތަ ސްކޫލުގައި ރަނގަޅަށް މަސައްކަތް ކުރުމުގެ ބަދަލުގައި މީހާ މާޔޫސްވާ ފަހަރަ ވެސް އާދެއެވެ. މި މައްސަލައަށް ހައްލެއް ނުހޯދިއްޖެނަމަ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ބެހެއްޓުމަށް ދަތިވެ އޮބޭސިޓީއާ ގުޅުންހުރި ސިއްހީ މައްސަލަތަކަށް މީހާ ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ކްލެވްލޭންޑް ކްލިނިކުގެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ހަމައެކަނި އެމެރިކާއަށް ބެލި ކަމަށްވިޔަސް އެ ޤައުމުގެ 1.5 އިންސައްތަ މީހުންނަކީ ނައިޓް އީޓިންގް ސިންޑްރޯމް ތަހައްމަލުކުރާ މީހުންނެވެ. އެއީ ގާތްގަނޑަކަށް އެ ޤައުމުގައި ދިރިއުޅެމުން އަންނަ ފަސް މިލިއަން މީހުންނެވެ. ސިއްހީ ޚިދުމަތްދޭ ފަރާތްތަކުން ނައިޓް އީޓިންގް ސިންޑްރޯމް ދެނެގަންނަނީ އެކަމަށް ބޭނުންވާ ހާއްސަ ޖިސްމާނީ ތަހުލީލުތަކެއް ކުރުމަށްފަހުއެވެ. މި މައްސަލަ އުފެދޭ ސީދާ ސަބަބު މިހާތަނަށް ހޯދިފައި ނެތް ނަމަވެސް ޖިސްމާނީ ގޮތުން ކުރެވޭ ތަހުލީލުތަކާއި ފެންނަ އަލާމާތްތަކުގެ އެހީގައި މިކަން ކޮންޓްރޯލް ކުރުމަށް ސިއްހީ މާހިރުން އެހީތެރިވެދެއެވެ. މިއީ ކެތްތެރިކަމާއި ވަގުތު ބޭނުންވާ ފަރުވާއެއް ކަމުން މިއީ އެންމެ ރެޔަކުން ފަރުވާ ހޯދިދާނެ ބައްޔެއް ކަމަށް ނިންމައިގެން ނުވާނެ ކަމަށް ކްލެވްލޭންޑް ކްލިނިކުގެ ލިޔުމުގައި ވަނީ ހާމަކޮށްފައެވެ. މި މައްސަލައަށް އަމިއްލައަށް ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭ، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް އިސްކަންދީ، ހަށިގަނޑަށް ބޭނުންވާ ނިދި ހޯދައިދިނުމަށް މަސައްކަތްކޮށް، އަމިއްލަ ނަފުސުގެ ދުޅަހެޔޮކަމަށް އިސްކަންދީ އަދި ދުވާލުގެ ވަގުތު ތަކުގައި ވީހާވެސް ހަރަކާތްތެރިކޮށް އުޅުމަށް ހާއްސަ ސަމާލުކަމެއް ދެވިދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ