ސްޓެލްކޯގެ ބޯޑުން އާމިރު ވަކިކޮށް، މުޒްނާ އައްޔަނުކޮށްފި

ސްޓެލްކޯގެ ބޯޑަށް ބައެއް ބަދަލުތަކެއް ގެނެސްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ، ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ތ. ތިމަރަފުށި، ބޮޑުގެ މުޙައްމަދު ޢާމިރު ވަކިކޮށްފައިވާ ކަމަށެވެ. އަދި އެ މަޤާމަށް މއ. ޑޯންޝައިން ޢާއިޝަތު މުޒްނާ މިއަދު ވަނީ އައްޔަނުކޮށްފައެވެ.
ސްޓެލްކޯގެ ބޯޑުން ވަކިކުރެއްވި ޢާމިރު
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައިވާއިރު، މިދިޔަ އާދިއްތަ ދުވަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން ހުސައިން ފަހުމީ ވަނީ ވަކިކޮށްފައެވެ. އަދި ފަހުމީގެ ބަދަލުގައި އެ މަގާމަށް ވަނީ މިފްކޯގެ ކުރީގެ ސީއީއޯ އަހްމަދު ޝަމާޙް ރަޝީދު އައްޔަނުކޮށްފައެވެ.
ފަހުމީ އެ މަޤާމުން ވަކިކުރިތާ 24 ގަޑިއިރު ނުވަނީސް، ރައީސް އޮފީހުގެ މިނިސްޓަރެއްގެ ފެންވަރުގެ މަގާމަކަށް ފަހުމީ ވަނީ އައްޔަނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ