ކަސްޓަމްސުން ހިފަހައްޓާފައި ހުރި ތިން މިލިއަން ސިނގިރެޓް ނައްތާލައިފި
މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ހިފަހައްޓާފައި ހުރި ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓު މިއަދު ނައްތާލައިފި އެވެ.ކަސްޓަމްސްއިން މިއަދު އަންދައި ނައްތާލައިފައި ވަނީ 3,183,040 ސިނގިރޭޓު ސްޓިކްސް އެވެ. 199 ކޭހުގެ ސިނގިރޭޓު ނައްތައިލީ މީޑިއާތަކުގެ ހާޒިރުގައި މިއަދު ދޫނިދޫގަ އެވެ.ކަސްޓަމްސްއިން ބުނީ މިއަދު ނައްތައިލި ސިނގިރޭޓަކީ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައިވާ ތަކެތި ކަމަށެވެ.ގިނަ އަދަދެއްގެ ސިނގިރޭޓު ނައްތާލިއިރު، ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރު ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅުނު 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ކަސްޓަމްސުން ހިފަހައްޓާފައި ވަނިކޮށް ދާދިފަހުން ވަނީ ގެއްލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ