ހާމަކުރަން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި އިންޑިއާގެ އަސްކަރީ އެއްބަސްވުންތަކުގެ ހަމަ އެކަނި ނަން ވެސް ހާމަކޮށްލަ ދެކޮޅު ހަދައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި މަހު މިދުއަމް ސައުދު ޑިފެންސް މިނިސްޓްރީގައި އެދިފައި ވަނީ 2018 އިން 2023 ގެ ނިޔަލަށް އިންޑިއާއާއެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގެ ލިސްޓަކާއި އެއިން ކޮންމެ އެއްބަސްވުމެއްގެ މުއްދަތެވެ.
އެއިން އެއްވެސް އެއްބަސްވުމެއްގެ މުއްދަތު އިތުރުކޮށްފައިވާނަމަ، އެއްބަސްވުމުގެ ނަމާއި، ސޮއިކުރި ތާރީހު އަދި މުއްދަތު ބުނެދޭން ވެސް އެދިފައިވެ އެވެ. އެއްވެސް އެއްބަސްވުމެއްގައި ތަފްސީލެއް އަދި އޭގެ ކޮޕީއެއް ހޯދަން މިދުއަމް އެދިފައެއް ނެތެވެ.
ނަމަވެސް މިދުއަމް އެދިފައިވާ މައުލޫމާތު ސިއްރުކުރުމަށް ޑިފެންސް މިނިސްޓްރީން ސަބަބެއް ކަމުގައި ދެއްކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 22ގެ ށ، 25ގެ ށ، އަދި 29 ވަނަ މާއްދާ އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ސިއްރު ހިފެހެއްޓުމަށް އެއްބަސްވެފައި އޮތުމުގެ ސަބަބުން ދިފާއީ ދާއިރާގެ އެއްބަސްވުންތައް އާ ކުރުމަށް ކުރެވޭ މުއާމަލާތު ވެސް އާންމު ކުރެވޭނީ ދެ ގައުމުގެ ރުހުން އޮވެގެން ކަމަށެވެ.
"އަދި މިފަދަ މައުލޫމާތުތަކަކީ ގައުމީ ސަލާމަތާއި ވެސް، ގުޅުންހުރި މައުލޫމާތު ކަމުގައިވާތީ ގާނޫނު ނަންބަރު 1/2014 (މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ށ) އާއި، 25, ވަނަ މާއްދާގެ (ށ) އަދި 29, ވަނަ މާއްދާއަށް. ރިއާޔަތް ކުރާއިރު ހާމަކުރެވެން ނެތް މައުލޫމާތެއް. ކަމުގައި ދަންނަވަމެވެ" ޑިފެންސް މިނިސްޓްރީގެ ޖަވާބުގައި ލިޔެފައިވެ އެވެ.
ހުލާސާކޮށް އިއްޔެ: އެއްބަސްވުންތަކުގެ ނަން ހާމަކޮށްލަން ނުކެރުނު ހުލާސާކޮށް އިއްޔެ: އެއްބަސްވުންތަކުގެ ނަން ހާމަކޮށްލަން ނުކެރުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ