ތިބާއަށް ބޮޑުކަމެއް ކުރިމަތިވުމުން ކުރާނެ ބައެއް ދުޢާ-

ޢާއިޝަތު ރަފާޙް ޢަލީ
 
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " مَا مِنْ مُسْلِمٍ تُصِيبُهُ مُصِيبَةٌ فَيَقُولُ مَا أَمَرَهُ اللَّهُ بِهِ: (إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ) اللَّهُمَّ أَجِرْنِي فِي مُصِيبَتِي وَاخْلُفْ لِي خَيْرًا مِنْهَا إِلَّا أَخْلَفَ اللَّهُ لَهُ خَيْرًا مِنْهَا ". 
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. "އަޅަކަށް މުޞީބާތެއް ޖެހުމުން:  
«﴿إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ﴾، اللهُمَّ أْجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا»  
މާނައީ: "ހަމަކަށަވަރުން ތިމަންމެންނީ ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކެވެ. އަދި ހަމަކަށަވަރުން ތިމަންމެންނީ އެއިލާހުގެ ޙަޟްރަތަށް ރުޖޫޢަވާނޭ ބައެކެވެ. އޭ ﷲ! މިއަޅާއަށް ދިމާވެފައިވާ މުޞީބާތުގެ ސަބަބުން މިއަޅާއަށް އަޖުރުދެއްވާފާނދޭވެ! އަދި އެއަށްވުރެ ހެޔޮ ރަގަނޅު ގޮތެއް މި އަޅާއަށް މެދުވެރި ކުރައްވާފާނދޭވެ!”] މި ފަދައިން ކިޔައިފިމީހަކަށް އޭނާގެ މުޞީބާތުގައި ﷲ އޭނާއަށް އަޖުރު ދެއްވާނެއެވެ. އަދި އެއަށްވުރެ ހެޔޮ ރަނގަޅު ގޮތެއް އޭނާއަށް މިންވަރުކޮށް ދެއްވާނެއެވެ." 
دَعَا النَّبِيُّ  ﷺ عَلَى الْأَحْزَابِ، فَقَالَ:  
«اللَّهُمَّ مُنْزِلَ الكِتَابِ، سَرِيعَ الحِسَابِ، اهْزِمِ الأَحْزَابَ، اللَّهُمَّ اهْزِمْهُمْ وَزَلْزِلْهُمْ».
މާނައީ: ނަބިއްޔާ ﷺ އަޙްޒާބުންގެ މައްޗަށް (އެބަހީ: އަޙްޒާބު ހަނގުރާމައިގައި އައި މުޝްރިކުންގެ ޖަމާޢަތްތަކުގެ މައްޗަށް) ބަދު ދުޢާކުރެއްވިއެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އޭ ﷲ! ފޮތް ބާވައިލެއްވި އިލާހު! ހިސާބުބެއްލެވުމަށް އަވަސްވެ ވޮޑިގެންވާ އިލާހު! (ދުޝްމިނުންގެ) ޖަމާޢަތްތައް ބަލިކުރައްވާނދޭވެ! އޭ ﷲ! އެބައިމީހުން ބަލިކުރައްވާނދޭވެ! އަދި އެބައިމީހުންގެ ސާބިތުކަން ނެތިކޮށްލައްވާނދޭވެ!"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ