އެއްވެ އުޅުން ހަނިކުރުމަށް ގާނޫނަށް ގެނެސްފައިވާ މާއްދާ އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅި މި ބިލު މަޖިލީހަށް ބަލައިގަތުމާމެދު މިއަދު ނެގި ވޯޓުގައި، ބިލާ ދެކޮޅަށް 50 މެންބަރުން ވޯޓު ދެއްވިއެވެ. ބިލު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ.
ސުލްޙަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ނަމުގައި ޤާނޫނެއް ވުޖޫދުކުރީ 2016 ވަނަ އަހަރުއެވެ. އެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން އެއްވެ އުޅެވޭނެ އަދި ނޫޅެވޭނެ ވަކި ޚާއްސަ ސަރަޙައްދުތަކާއި ވަގުތުތަކެއް ވަނީ ކަނޑައާޅަފައެވެ.
އެ ޤާނޫނު އެހެން އޮތުމުން، އެ ޤާނޫނަށް އިސްލާހު ގެނައުމަކީ ނިމުނު އެމްޑީޕީގެ ވެރިކަމުގެ ރިޔާސީ ވައުދެއް ވެސް މެއެވެ. އެހެން ނަމަވެސް 19 ވަނަ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮވެމެ އެމްޑީޕީން އެ ޤާނޫނަށް އިސްލާހު ގެނެސްފައެއް ނުވެއެވެ.
އެއްވެ އުޅުން ހަނިކުރާ މާއްދާ އުވާލަން ހުށަހެޅި ބިލު މަޖިލީހުން ބޭރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ