ރައްޔިތުންގެ މަޖިލީހުގެ އއ. މަތިވެރި ދާއިރާގެ މެންބަރު، ހަސަން ޒަރީރު އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އިތުރަށް ބުނީ، ހަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ވަނީ ރޭ ފަތިހު 05:08 އެހާއިރު މާލެ ބޮޑުތަކުރުފާނު މަގުގައި ހުންނަ "ހަބީބީ ކެފޭ އެންޑް ބިސްޓްރޯ" ތެރޭގައި ކަމަށެވެ.
އަދި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށާއި އަދި އެ މައްސަލަ އިތުރަށް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އޭޑީކޭ ގެ ފަރާތުން ބުނީ، ހަސަން ޒަރީރަށް އެމަޖެންސީގައި ފަރުވާދިނުމަށް ފަހު މިހާރު ވޯޑަށް ބަދަލު ކޮށްފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ސާފު ކޮށްދީފައެއް ނުވެއެވެ.
މީގެ ކުރިން ވެސް ވަނީ ރައްޔިތުންގެ މަޖިީހުގެ މެންބަރުންނަށް ހަމަލާދީ މާރާމާރީ ހިންގާފައެވެ. އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްވެސް 2021 ވަނަ އަހަރުގައި ހަމަލާ އެއް ރައްދުވެ އޭޑީކޭގެ އިތުރުން ރާއްޖެ އިން ބޭރުންވެސް ވަނީ ފަރުވާ ހޯއްދަވާފައެވެ. އަދި އެ ހަމަލާއާ ގުޅިގެން ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަމަލާދިނުމުގައި އިސްކޮށް އުޅުނު އަދި ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނެއެވެ.
މަތިވެރި ދާއިރާގެ މެންބަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ