ދާއިރާގެ ބައިއިލެކްޝަން ބޯމަތީގައި ؛ އާމާފުށިން 308 ގޯތި ކަނޑައިދެނީ

މަޖިލީހުގެ ގުރައިދޫ ދާއިރާގައި ހިމެނޭ މާފުށީގެ މުސްކުޅި މާފުށީގެ ބިމުގެ ބޮޑުމިނަކީ 36 ހެކްޓަރެވެ. އެ ރަށުގެ އާބާދީ އަކީ 1,824 އެވެ. މާފުއްޓަކީ އަހަރަކު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު ރޯލް ކުރާ ބޮޑު އިގްތިސޯދެކެވެ.
ބިމަށް ޖެހިފައި އޮތް މާފުށި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން ބޯމަތިވެފައި އޮއްވާ މާފުށީގެ ހިއްކި ބިން / އާމާފުށީން ބަންޑާރަ ގޯތި ދޭން ހުޅުވާލައިފި އެވެ. 
އަދި އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް ލިބިފައިވާނަމަ ބައެއް ދޫކޮށްލާ މީހުނާއި ސަރުކާރުގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުމާއި އެ ފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ މީހުނެވެ. މީގެ އިތުރުން އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުމާއި އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލާ ނުވަތަ ހިބައިން ދީފައިވާނަމަ ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވުން ވެސް އެއީ ޝަރުތެކެވެ.ގޯއްޗަށް އެދޭ ފޯމް ދޫކުރަނީ އޭޕްރީލް 2، 2023 އިން ދުވަހުން ފެށިގެން 15 ޖޫނަށެވެ.  ފޯމް ބަލައިގަންނާނީ ވެސް  15 ޖޫންއާ ހަމައަށެވެ. 
ކުރިން މާފުށީ ކައުންސިލުން "މި" ނޫހަށް ބުނެފައިވާ ގޮތުން އާ މާފުށީގެ ބިމުން 312 ގޯތި ދޫކުރާނެ އެވެ. އެ ގޯތިތަކުގެ ތެރޭން 306 ގޯތި ރައްޔިތުންނަށް ހިލޭ ދިނުމަށްފަހު ހަ ގޯއްޗެއް ވިއްކާނެ އެވެ.މާފުށި ބިމަށް ޖެހިގެން އެ ރަށުން ބިން ހިއްކުމުގެ މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީންނެވެ. ބްރިޖް ނުވަތަ ކޯޒްވޭއަކުން ގުޅާލަން ނިންމާފައިވާ އާމާފުށި ހިއްކާފައިވަނީ މާފުށީ ޖަލު އޮންނަ ދިމާއިންނެވެ. 
މަޖިލީހުގެ ގުރައިދޫ ދާއިރާގައި ހިމެނޭ މާފުށީގެ މުސްކުޅި މާފުށީގެ ބިމުގެ ބޮޑުމިނަކީ 36 ހެކްޓަރެވެ. އެ ރަށުގެ އާބާދީ އަކީ 1,824 އެވެ. މާފުއްޓަކީ އަހަރަކު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 618 މިލިއަން ރުފިޔާ) ރޯލް ކުރާ ބޮޑު އިގްތިސޯދެކެވެ. އެއީ މާލެ ފިޔަވަައި ރާއްޖޭގައި އޮތް އެންމެ ގިނައިން އާމްދަނީ ބޮޑު ރަށެވެ. އެ ރަށުގައި 63 ތަނެއްގައި 1,868 ޓޫރިސްޓު އެނދު އެބަހުއްޓެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ