ހިޔާގެ ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯ އިން ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފޭސް އިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮނުމުގެތެރޭ ޑިސްޓްރުބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށެވެ.
އަދި ދިމާވެފައިވާ މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
Advertisement
މި ފާއިތުވި ރަމަޟާން މަހުވެސް ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑި އެތައް އިރެއްވަންދެން އާންމުން ހޭދަ ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ