މޫނު ބަދަލު ކުރުމުގެ އެންމެ ބޮޑު އޮޕަރޭޝަން އެެމެރިކާގައި ކޮށްފި

ވޮޝިންޓަން (ނޮވެމްބަރު 17) - ދުނިޔޭގައި މިހާތަނަށް މޫނު ބަދަލު ކުރަން ކުރި އެންމެ ބޮޑު އޮޕަރޭޝަން އެމެރިކާގެ ޑޮކްޓަރުންގެ ޓީމަކުން ކޮށްފި އެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅެނިކޮށް ހަށިގަނޑުގެ ބޮޑު ބައެއް ފިހުނު އުމުރުން 41 އަހަރުގެ ޕެޓްރިކް ހާޑިސަންގެ ބޮލުގެ ހަންގަަނޑާއި ކަންފަތާއި ބުމަ އެކުގައި ވަނީ ބަދަލުކޮށްފަ އެވެ. ގާތްގަނޑަަކަށް 26 ގަޑިއިރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ޑޮކްޓަރުންގެ ޓީމުގައި އިސްކޮށް ހުންނެވީ ޑޮކްޓަރު އެޑްއާޑޯ ރޮޑްރިގޭޒެވެ. މި އޮޕަރޭޝަން ކޮށްފައި ވަނީ އޮގަސްޓް މަހު އެވެ. ހާޑިސަން މޫނު ބަދަލު ކުރުމުގެ އޮޕަރޭޝަނަށް ފަހު އައިސްފައިވާ ބަދަލުތައް. --ފޮޓޯ:އޭއެފްޕީ ހާޑިސަން އަށް މޫނު "ހަދިޔާކުރީ" ސައިކަލް އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވި 26 އަހަރުގެ ޑޭވިޑް ރޮޑެބައު އެވެ. މި އޮޕަރޭޝަންގެ ކުރިން އެންވައިޔޫ ލަންގޯން މެޑިކަލް ސެންޓަރުގެ ޑޮކްޓަރުން ބުނެފައި ވަނީ މިއީ 50:50 ގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ. ހާދިސަން ޒަޚަމްވީ އަލިފާން ރޯވި ގެއެއްގެ ތެރޭގައި ތާށިވެފައި އިން އަންހެނަކު ސަލާމަތް ކުރަން އުޅުުމުގެ ތެރޭގަ އެވެ. އޭނާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ. ހަށިގަނޑު ގުޅޭ ޑޯނާއެއް ހޯދުމަށް ހާދިސަން ވަނީ އަހަރަކަށް ވުރެ ގިނަ ދުވަހު އިންތިޒާރުކޮށްފަ އެވެ. އޮޕަރޭޝަނުގައި ވަނީ ޑޮކްޓަރުންގެ ދެ ޓީމެއް ހަރަކާތްތެރިވެފަ އެެވެ. ހާޑިސަނަށް މޫނު ހަދިޔާ ކުރި ޑޭވިޑް ރޮޑެބައު. މިލިއަން ޑޮލަރުގެ އޮޕަރޭޝަން ކުރިތާ ތިން މަސް ފަހުން ފަސް ކުދިންގެ ބައްޕަ ހާޑިސަންގެ ހާލު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. ޑޮކްޓަރު ރޮޑްރިގޭޒް ވިދާޅުވީ މިއީ ދުނިޔޭގައި ވަރަށް ނުކުރާ ބޮޑު އޮޕަރޭޝަނެއް ކަމަށާއި މި ގޮތަށް އޮޕަރޭޝަން ކުރި މަދު މީހުންގެ ވެސް ޓިޝޫ ނުގުޅުމުގެ ސަބަބުން އެ މީހުން މަރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހާޑިސަންގެ ޓިޝޫތައް ގުޅުވުމަށް ކުރި މަސައްކަތާ އެއްވަރުގެ މަސައްކަތެއް މީގެ ކުރިން ދުވަހަކު ވެސް ކޮށްފައި ނުވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ވަނީ ހާޑިސަންގެ ބުމަ އާއި އެސްފިޔަ ޖެހުމުގެ މެގޭނިޒަމް އަލުން ގާއިމްކޮށް ބޮލުގެ ހަންގަޑާއި ކަންފަތް އެކުގައި ރަނގަޅުކޮށްފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހާޑިސަންގެ ބައެއް އޮޕަރޭޝަންތައް ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ. ހާޑިސަންގެ މޫނު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރި އިސް ޑޮކްޓަރު ރޮޑްރިގޭޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ ހާޑިސަން ބުނީ އޭނާ އަށް މޫނު ހަދިޔާ ކުރި ފަރާތަށާއި ޑޮކްޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. މޫނުގެ ބައެއް ބަދަލުކުރުމުގެ އޮޕަރޭޝަން 2005 ވަނަ އަހަރު ފުރަތަމަ ކޮށްފަައި ވަނީ ފްރާންސްގެ އަންހެނެކެވެ. އޭގެ ފަހުން 20 މީހެއްގެ މޫނުގެ އެއްބައި ބަދަލު ކުރުމުގެ އޮޕަރޭޝަންކޮށްފައިވެ އެވެ. މޫނު އެކުގައި ބަދަލު ކުރުމުގެ ފުރަތަަމަ އޮޕަރޭޝަން 2010 ވަނަ އަހަރު ކުރީ ސްޕޭނު މީހެއްގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ