ޕިއްޒާ ބޯނާ ހަވީރު ބަދިގެ: ސިޓްރަން ގްރިލްޑް ޓޫނާ ވިތް ރޮކް ސޯސް

ސިޓްރަން ގްރިލްޑް ޓޫނާ ވިތް ރޮކް ސޯސް ބޭނުންވާ ތަކެތި 2 ޓޫނާ ފިލެޓް 2މސ ބަޓާރ 1ސސ ފިޔާ (ކުދިކޮށް ކޮށާފައި) 100ގ ފެނު ކައްކާފައި ހުރި ތަރުކާރީ (ބީންސް އަދި ކެރެޓް) 1ސސ ލޮނުމެދު (ކުދިކޮށް ކޮށާފައި) މޭޝްޑް ޕޮޓޭޓޯ (ބަޓަރ، މޭޝްޑް ޕޮޓޭޓޯ، އަސޭމިރުސް، ލޮނު ބޭނުންކޮށްގެން ކައްކާފައި) ގްރިީން، ރެޑް، ޔެލޯ ބެލް ޕެޕާރ އަދި ކެރެޓް(ކުދިކޮށް ކޮށާފައި) ތެޔޮ ލޮނު 3މސ ޓޮމާޓޯ ސޯސް 1 ލުނބޯ 2/1ސސ އަސޭމިރުސް ތައްޔާރުކުރާނެ ގޮތް: ލުނބޯ ހުތް، ލޮނު، އަސޭމިރުހުގައި ޓޫނާ ފިލެޓްކޮޅު ރަނގަޅަށް މޮޑެލާށެވެ. އެއަށް ފަހު ތެޔޮފޮދެއްގައި މަސްކޮޅު ކުޑަކޮށް ފްރައިކޮށްލާށެވެ. ބޭނުންވާ ސޯސްކޮޅު ތައްޔާރުކޮށްލުމަށް ކުޑަ ބަޓަރ ކޮޅެއްގައި ކޮށާފައި ހުރި ތަރުކާރީކޮޅު (ބެލް ޕެޕަރ އަދި ކެރެޓް) ފިޔާ، އަދި ލޮނުމެދު އަޅައި ހަނާކޮށްލާށެވެ. ދެން ޓޮމާޓޯ ސޯސް. ލޮނު، އަސޭމިރުސް އެއްކޮށްލާށެވެ. ބަޓަރކޮޅެއްގައި ތަރުކާރީކޮޅު ވަަކިން ތައްޔާރުކޮށްލާށެވެ. (ބޭނުން ކުރާނީ ފެނު ކައްކާފައި ހުރި ތަރުކާރީ، ލޮނު، އަސޭމިރުސް) މޭޝްޑް ޕޮޓޭޓޯ އަދި ޓޫނާ ފިލެޓް ތައްޔާރުކުރި ތަރުކާރީއާ އެކު ސާވް ކޮށްލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ