ވ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ގދ. ގައްދޫ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް މުޙައްމަދު ރާގިބު އަހްމަދު ހަމަޖައްސަވައިފި އެވެ.
ޖޭއެސްސީގެ މި ނިންމުން އައީ ރާގިބު، ޓެސްޓް ޕޭޕަރު ކޮޕީކުރެއްވި ކަމަށް ބުނާ މައްސަލައެއް ބެލުމަށްފަހު އޭނާގެ މައްޗަށް ފިޔަވަޅު އަޅަން އޭސީސީން އަންގާފައި ވަނިކޮށެވެ.
ޖޭއެސްސީން ބުނީ ވ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ރާގިބު ބަދަލުކުރުމަށް ނިންމީ ފަނޑިޔާރުން އަމިއްލަ އަށް އެދިގެން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށާއި ބަދަލު ކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކަމަށާއި ވ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ބަދަލުވާން ރާގިބު ސުޕްރީމް ކޯޓްގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
ވ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ރާގިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ