އެމްޑީޕީން ކުރަމުންގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން \"ކޮމަންވެލްތާ އެކު ރައްޔިތުން\" ގެ ނަމުގައި ކޮންމެ ހަފްތާބަންދު ދުވަހަކުހެން ބާއްވަމުންގެންދާ މުޒާހަރާތަކުގެ ތެރެއިން މާދަމާ ހަވީރު ތިނަދޫގައި ބާއްވާ މުޒާހަރާގައި ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
މިއަދު މެންދުރު ގދ.އަތޮޅުގެ ހަތަރު ރަށަކަށް ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ފުރަތަމަ ވަޑައިގަންނަވާނީ ގދ.ގައްދޫ އަށްކަމަށާއި ގައްދޫއަށް ވަޑައިގެން މިއަދު ހަވީރު އެރަށުގެ އެމްޑީޕީ ހަރުގެ ހުޅުވައިދެއްވުމަށްފަހު ގައްދޫގައި މިރޭ ބާއްވާ އެމްޑީޕީގެ ހާއްސަ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެކަމަށް އެމްޑީޕީން ބުނެއެވެ.
މީގެ ތިތުރުން މާދަމާ ހެނދުނު އެއަތޮޅު ވާދޫއަށް ވަޑައިގެން މެންދުރުފަހު އެރަށު އެމްޑީޕީ ހަރުގެ ހުޅުވައިދެއްވުމަށްފަހު، ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ނަޑެއްލާއަށެވެ. ނަޑެއްލާއަށް ވަޑައިގެން އެރަށު އެމްޑީޕީ ހަރުގެ ހުޅުވައި ދެއްވާނެއެވެ.
ރައީސް ނަޝީދު ގެ މިތަރުރުފުޅުގައި ހުކުރު ދުވަހު ތިނަދޫގައި ބާއްވާ ބޮޑު މަޒާހަރާގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން މާދަމާ ރޭ ތިނަދޫގައި ބާއްވާ އެމްޑީޕީގެ ޖަލްސާގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެމްޑީޕީގެ މިދަތުރުގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީގެ ޗެއަރޕާރސަން ނައިބު މާލީ އަހުމަދު މައުސޫމް އާއި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ އާއި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ ދީދީގެ އިތުރުން އެމްޑީޕީ ސަރުކާރުގެ އިސްވެރިންނާއި ބައެއް މަޖިލިސް މެމްބަރުންވެސް ބައިވެރިވެވަޑައިގަނަވާ ކަމަށް އެމްޑީޕީން ބުނެއެވެ.
\"ކޮމަންވެލްތާ އެކު ރައްޔިތުން\" ގެ ނަމުގައި ތިނަދޫގައި ބާއްވާ ބޮޑު މުޒާހަރާގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ