ހާޖަރާގޭ އަބްދުﷲ ލުތުފީ މާފުށި ޖަލުގައި

1988 ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ އެންމެ އިސް މޭސްތިރި ހ ހާޖަރާގޭ އަބްދުﷲ ލުތުފީ ބަންދުގައި ހުރީ މާފުށީ ޖަލުގެ ހައި ސެކިއުރުޓީގައިކަން ސާފުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމްވަނީ ލުތުފީއައި ސަރުކާރުން ޕީއައިޕީ ހިދުމަތް ދޭކަމަށް ތުހުމަތުކޮށްފައެވެ. އަދި ލުތުފީއާމެދު އަމަލުކުރާގޮތް ސާފުކޮށްދޭން ޖެހޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އިދިކޮޅު މިފަދަ ތުހުމަތުތަކެއް ކޮށްފައިވަނިކޮށް ލުތުފީ އައިޖީއެމްއެޗަށް ގެނެސްފައިވާ ފޮޓޯތަކެއް މިއަދުވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުން ލުތުފީ ހުރީ ކުރިމައްޗަށް ބިޑިއަޅުވާފައި ޖަލު ހެދުމުގައެވެ.
މީގެ އިތުރުން ލުތުފީ ދެ ހަފްތާވަންދެން މާލޭ ޖަލުގައި ބެހައްޓާ އެސެސްމަންޓް ހެދުމަށްފަހު މިހާރު މާފުށީ ޖަލަށް ބަދަލުކޮށްފައި ވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒްވަނީ ދައުލަތުގެ މީޑިއާއަށް ވިދާޅުވެފައެވެ. މުނާޒް ވިދާޅުވީ ލުތުފީ ހުރީ މާފުށީ ޖަލުގައި ހައި ސެކިއުރިޓީގައި ކަމުގައެވެ.
މަރުގެ ހުކުމް އިއްވާ، ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި އެހުކުމް 25 އަހަރުގެ ޖަލު ހުކުމަކަށް ބަލަދުކޮށް، ހުކުމް ތަންފީޒް ކުރަމުން ދަނިކޮށް ލުތުފީ ފިލާފައިވަނީ 2010 ވަނަ އަހަރު ބޭއްފަރުވާއަކަށް ފޮނުވުމުންނެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގޮސް އަމިއްލައަށް ލުތުފީ ދިވެހި ސަރުކާރާއި ހަވާލުވެފައިވަނީ މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހުއެވެ.
ލުތުފީ ހައްޔަރުކޮސްގެން ރާއްޖެ ނެގެސްފައުވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ