މަޖިލީހުގެ ބައެއް މެންބަރުންނާއެކު ނަޝީދު އިހަވަންދޫ އަށް

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހއ. އިހަވަންދޫއަށް ފުރާވަޑައިގެންފިއެވެ.
ރައީސް ނަޝީދާއި އެކު މި ދަތުރުފުޅުގައި މަޖިލިސްގައި ހއ ދާއިރާ ތަމްސީލް ކުރައްވާ މެމްބަރުން ކަމުގައިވާ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އާއި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީވެސް، ބައިވެރިވެވަޑައިގަންނަވައެވެ.
މީގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ހިނގާ މަޖިލިސް އަކީ ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދެވޭ މަޖިލީހަކަށް ހެއްދެވުމަށްޓަކައި، ނަޝީދު ގެންދަވަނީ ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ.
ނަޝީދު އިހަވަންދޫއަށް ފުރާވަޑައިގެންނެއްވި އިރު އެމަނިކުފާނު މި މަހު އެއްވަނަ ދުވަހު ވަނީ އައްޑޫ އަށް ވަޑައިގެން އީކުއެޓާ ވިލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ