ހަވާލުކުރި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނަން: މައުމޫން ހަމީދު
ބާ ކައުންސިލްގެ ރައީސްއަކަށް އިންތިޚާބު ކުރި މައުމޫން ހަމީދާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. ބާ ކައުންސިލަށް އިންތިޚާބުވެވަޑައިގަތް ފަރާތްތަކަށް މަރުހަބާ ދަންނަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓާ ގުޅުވައިގެން ކުރެއްވި ޓްވީޓްގައި މައުމޫން ހަމީދު ވިދާޅުވީ، ގާނޫނީ ފަންނުގެ އަޚުންނާއި އުޚްތުން ހަވާލުކުރެއްވި މަސްއޫލިއްޔަތު އަދާކުރެވޭ އެންމެ ފުރިހަމައަށް އަދާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ބާ ކައުންސިލްގެ އިންތިޚާބު މައުމޫން ހަމީދު ކާމިޔާބު ކުރައްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު އަދި ތަޖުރިބާކާރު ގާނޫނީ ވަކީލްުހުސްނުއް ސުއޫދުއާ ވާދަކުރައްވަ އެވެ. ބާ ކައުންސިލަށް އިންތިޚާބުވެވަޑައިގަތް ބޭފުޅުންނަށް މަރުހަބާ ދަންނަވައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ގާނޫނީ ދާއިރާގެ ކުރިއެރުމަށް ބާ ކައުންސިލް މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ