އަމީނިއްޔާގެ "ގޯ ގްރީން" ގަސް އިންދުމުގެ ޕްރޮގްރާމުގައި ރައީސް މައުމޫން ބައިވެރިވެވަޑައިގެންފި

އަމީނިއްޔާ ސްކޫލަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދާ "ޑަޔަމަންޑް ޖުބިލީ" ހަރަކާތުގެ ތެރެއިން ގަސް އިންދުމުގެ ޕްރޮގްރާމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގެންފި އެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ގޯ ގްރީން" ޕްރޮގްރާމުގައި ބައިވެރިވާން ފުރުސަތު ލިބުމަކީ ބޮޑު ފަހުރެއް ކަމަށާއި، އެކަމަށްޓަކައި ޝުކުރު އަދާ ކުރާ ކަމަށެވެ.
"އަމީނިއްޔާ ސްކޫލުގެ ކުރީގެ ޓީޗަރެއްގެ ހައިސިއްޔަތުން ޑަޔަމަންޑް ޖުބިލީ އުފާފާޅުކުރުމުގެ ހަރަކާތުގެ ތެރެއިން އިއްޔެ ބޭއްވި ގޯ ގްރީން ޕްރޮގްރާމުގައި ބައިވެރިވެވުމުން ވަރަށް ފަހުރުވެރިވަން،" އެމަނިކުފާނު ވިދާޅުވި އެވެ. As a former teacher at Aminiya School I felt proud to participate yesterday in the Go Green programme carried out as part of the school’s Diamond Jubilee celebrations. Thank you Education Minister @aisthly and @leenxan for inviting me. pic.twitter.com/fDDqmQQ0aK— Maumoon Abdul Gayoom (@maumoonagayoom) May 5, 2019އަމީނިއްޔާ ސްކޫލުގެ ޑަޔަމަންޑް ޖުބިލީގައި ގިނަ ހަރަކާތްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އެ ހަރަކާތްތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ