ރައީސް ޔާމީން 2018 ކެމްޕެއިން ލީޑަރުން ތަމްރީނު ކުރުމުގެ މަހާސިންތާގެ ހަތަރުވަނަ ބުރު ބ އަތޮޅުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ރައީސް ޔާމީން 2018 ކެމްޕެއިން އޮފީހުން ބުނެފިއެވެ.
މި މަހާސިންތާ އާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަހާސިންތަގެ މީޑިއާ ކޯޑިނޭޓަރ އިންރާހިމް މުއާޒު އަލީ ވިދާޅުވީ ނިމިގެންދިޔަ ތިން މަހާސިންތާވެސް ވަރަށް ކާމިޔާބު ކަމަށާއި، އައޮޅު ތެރޭގައި ބޭއްވޭ މަހާސިންތާ ތަކަކީ މާލޭގައި ބޭއްވި މަހާސިންތާ ތަކަށްވުރެ ތަފާތު މަހާސިންތާ ތަކަކަށް ވާނެ ކަމަށެވެ. މިގޮތުން މިމަހުގެ ފަހަކުން އަށަކަށް ބ އަތޮޅުގައި ބޭއްވުމަށް ނިންމާފައިވާ މަހާސިންތާ ގައި އެއަތޮޅުގެ މީހުން ދިތިރއުޅޭ 13 ރަށުން ބައިވެރިވާއިރު، މަހާސިންތާގެ ހަަރަކާތްތައް ގެންދިއުމަށް ހަމަޖެހިފައިވަނީ ބ އަތޮޅު ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކަމަށް މުއާޒު ވިދާޅުވިއެވެ.
"ކެންދޫ އާއި ކުޑަރިކިލާ ކަމަދޫ، ކިހާދޫ އަދި ދަރަވަންދޫ އަޅުގަނޑުމެން އެއް ގްރޫޕަކަށް ބަހާލައިފަ، ހަމައެގޮތަށް ހިތާދޫ އޭދަފުށި، މާޅޮަސް އަދި ދޮންފަނު އަޅުގަނޑުމެން އެހެން ގްރޫޕަކަށް ބަހާލައިފަ، އަދި ގޮއިދޫ އާއި ފެހެންދޫ އާއި ފުޅަދޫ އާއި ތުޅާދޫ އަޅުގަނޑުމެން އެހެން ގްރޫޕަކަށް ބަހައިލީމަ އަޅުގަނޑުމެންނަށް މި 13 ރަށް ކަވަރު ކުރެވުނީ"
މީގެ ކުރިން ބޭއްވުނު މަހާސިންތާ ތަކާއި އަޅާ ބަލާއިރު މިފަހަރުގެ މަހާސިންތާ ތަކުގެ އެންމެ ބޮޑު ތަފާތަކަށް ވާނީ ލެކްޗަރު ހޯލެއްގައި ކިޔަވައިދޭ ތަކެތި އަމަލީ މައިދާނުގައި ބޭނުންކުރަން ދަސްކުރުން ކަމަށް މުއާޒު ވިދާޅުވިއެވެ. ޕީޕީއެމްގެ އެކްޓިވިންސްޓުންނަށް މިފަހަރުގެ މަހާސިންތާ އަމާޒުކޮށްފައިވާއިރު، މަހާސިންތަގެ ތެރެއިން ޑޯޓުޑޯ ކެމްޕެއިނިންގ އާއި ޕާރޓީ އަށް މީހުން އިތުރުކުރުމުގެ ކަންތައް އަމަލީ ގޮތުން ބައިވެރިން ކުރާނެ ކަމަށް މުއާޒު ވިދާޅުވިއެވެ.
މިފަހަރުގެ މަހާސިންތާގެ ނިންމުމުގެ ރަސްމިއްޔާތި ކުރިއަށްދާނީ އޭދަފުށީގައި ކަމަށާއި އޭޕްރީލް އަށްވަނަ ދުވަހުގެރޭ އޭދަފުށީގައި ބާއްވާ ރަސްމިއްޔާތުގައި ބ އަތޮޅުގެ 13 ރަށުން މަހާސިންތާގައި ބައިވެރިވި ފަރާތްތަކުންވެސް ބައިވެރިވާނެކަމަށް މުއާޒު ވިދާޅުވިއެވެ.
މިފަހަރު މި ބާއްވާ މަހާސިންތާތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައީސް ޔާމީންއަށް ވަގުތު ވީ މިންވަރަކުން އެމަނިކުފާނުވެސް މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މުއާޒު ވިދާޅުވިއެވެ.
ރައީސް ޔާމީން 2018 ކެމްޕެއިން މަހާސިންތާ އަތޮޅު ތެރެެއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ