ގޯލްޑަން ފުޓްސަލް ޗެލެންޖް: ހިތަދޫ އަށް ދެ މޮޅާ އެކު އެއް ވަނަ، ފޭދޫ ވެސް ސެމީ އަށް ގޯލްޑަން ފުޓްސަލް ޗެލެންޖް: ހިތަދޫ އަށް ދެ މޮޅާ އެކު އެއް ވަނަ، ފޭދޫ ވެސް ސެމީ އަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ރޭ އައްޑޫ ސިޓީގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން، ހިތަދޫން ކުރިހޯދައި ދެ ވަނަ މޮޅު ހޯދިއިރު، ފޭދޫ ކުުޅުނު މެޗުން މޮޅުވެ، ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރޭ ފޭދޫން ވަނީ ފަހަތުން އަރައި 3-1 އިން ހުޅުދޫ ބަލިކޮށްފަ އެވެ. އަދި ހިތަދޫން ވަނީ 2-1 އިން މީދޫގެ މައްޗަށް ކުރިހޯދައިފަ އެވެ.
އައްޑޫ ސިޓީގެ ގްރޫޕް އޭގައި ފޭދޫ އެއް ވަނަ ހޯދީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނަ ލިބުނު މަރަދޫފޭދޫ އަށް ދެ ޕޮއިންޓް އަދި ހުޅުދޫ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. ގްރޫޕް ބީގެ އެއް ވަނަ ހިތަދޫން ހޯދީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ ހޯދި މީދޫ އާއި ތިން ވަނަ ހޯދި މަރަދޫ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. މީދޫ ސެމީ އަށް ދިޔައީ ލަނޑުގެ ތަފާތުންނެެވެ.
ހުޅުދޫން ރޭގެ މެޗުގައި ލަނޑު ޖެހީ، އިބްރާހިމް ލީވާން އެވެ. ފޭދޫގެ ލަނޑުތައް ޖެހީ، ހުސެއިން ގައްސާން ލަބީބް (ހުސީ)، އަހުމަދު ބަލްސަމް އަލީ އަދި ހުސެއިން އިލްޔާސް ސައީދު އެވެ. ހިތަދޫ އަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ، އީމާން ނަޒީރު އައި މުހައްމަދު ދާނިޝް އިބްރާހިމް އެވެ. މީދޫގެ ލަނޑު ޖެހީ ހަސަން ސަހާފް އެވެ.
ސެމީ ފައިނަލުގައި ހިތަދޫން ކުޅޭނީ މަރަދޫފޭދޫއާ އެެވެ. އަދި ފޭދޫން މީދޫއާ ދެކޮޅަށެވެ.
16:00: ހއ. މާރަންދޫ - ހއ. ފިއްލަދޫ
16:00: ހއ. ބާރަށް - ހއ. ކެލާ
17:00: ހއ. ވަށަފަރު - ހއ. އިހަވަންދޫ
17:00: ހއ. ދިއްދޫ - ހއ. އުތީމ
----------------------------------------
20:00: ހދ، ހަނިމާދޫ - ހދ. ފިނޭ
20:00: ހދ. ނޭކުރެންދޫ - ހދ. މަކުނުދޫ
21:00: ހދ. ކުމުންދޫ - ހދ. ނައިވާދޫ
21:00: ހދ. ނޮޅިވަރަން - ހދ. ވައިކަރަދޫ
22:00: މ. ވޭވަށް - މ. ދިއްގަރު
22:00: މ. މުލަކު - މ. މަޑުއްވަރީ
23:00: މ. ނާލާފުށި - މ. ކޮޅުފުށި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ