ސަރުކާރުން
ގެރެންޓީ ދީގެން ގައުމީ ބޭންކް ބީއެމްއެލް އިން ނެރުމަށް
ހަމަޖެހިފައިވާ ސުކޫކަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް
އަމާޒުކޮށްފައިވާ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން ރާއްޖެ އަށް ދީފައި އޮތް ރޭޓިން މިއަދު މަތިކުރުމާ ގުޅިގެން ޒަމީރު އެކްސްގައި
ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސުކޫކަކީ މެދުރާސްތާގައި އިގުތިސާދު ކުރިއެރުވުމަށް ހާއްސަކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި
ޓޫރިޒަމްގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް ސަރުކާރާއި ބީއެމްއެލް
ގުޅިގެން ކުރިއަށް ގެންދާ މާލީ މުއާމަލާތެއް ކަމަށެވެ.
"މީގެ ކުރިން ވެސް
އަޅުގަނޑު ދަންނަވާފައިވާ ގޮަތަށް، ސަރުކާރުން ގެރެންޓީ ދީގެން ބީއެމްއެލް އިން ނެރުމަށް ހުށަހަޅާފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ
ދައުލަތުގެ ބަޖެޓަށް އެހީވުމަށް ނުވަތަ ސަރުކާރުގެ ކޭޝް-ފްލޯގެ ބޭނުންތަކަށް ހާއްސަކޮށްފައިވާ
މުއާމަލާތެއް ނޫން،" ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ މި އިސްނެގުމުގެ ބޭނުމަކީ ޓޫރިޒަމްގެ ދާއިރާގެ ތެރެއިން އިގުތިސާދު
ކުރިއެރުވުމާއި އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް
މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން
ސަރަހައްދުތަކުގައި އިގުތިސާދީ ހަރަކާތްތައް ފުޅާކުރުން ކަމަށެވެ.
މި ސުކޫކުގެ ސަބަބުން
ދައުލަތަށް އާމްދަނީ ލިބޭ ވަސީލަތްތައް އިތުރުވެ، ކުރިއަށް އޮތް އަހަރުތަކުގައި
ކަނޑައަޅާފައިވާ މާލީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބާރަކަށް ވާނެ ކަމަށް ވެސް
އޭނާ ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ފިޗްގެ ރޭޓިން މަތިވުމަކީ އިގުތިސާދީ ހާލަތު ރަނގަޅުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށާއި އަދި މިދިޔަ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކު ކާމިޔާބުކަމާ އެކު އަނބުރާ
ދެއްކުމާ ގުޅިގެން ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާއަށް އޮތް އިތުބާރު ބޮޑުވަމުންދާ
ކަމުގެ ނިޝާނެއް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ
ލަފާފުޅާއި އިރުޝާދުގެ ދަށުން މުހިންމު މާލީ އިސްލާހުތަކެއް ތަންފީޒު
ކުރަމުން އަންނާތީ، އެމަނިކުފާނަށް ޒަމީރު ވަނީ މަރުހަބާ ވިދާޅުވެ، ޝުކުރު އަދާކުރައްވައިފަ އެވެ.
The most trusted news source in the Maldives
މިދިޔަ އަހަރު ޖޫން މަހު، ރާއްޖޭގެ ދަރަނީގެ ހާލަތަށް ބަލައި، ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީ" ގައި ދަމަހައްޓައިފަ އެވެ. ނަމަވެސް، ފިޗުން މިއަދު ނެރުނު ރިޕޯޓުގައި ވަނީ ރާއްޖޭގެ ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއާ ޑިފޯލްޓް ރޭޓިން "ސީސީ" އިން "ސީސީސީ-"އަށް މަތިކޮށްފަ އެވެ.
ފިޗުން މި ނިންމުން ނިންމާފައި ވަނީ މިދިޔަ އޭޕްރިލް މަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ރާއްޖޭން ކާމިޔާބުކަމާ އެކު ދެއްކުމާ ގުޅިގެން، ދަރަނި ނުދެއްކިދާނެ ކަމުގެ ނުރައްކާ ކުޑަވެފައިވާ ކަމަށް ބުނެ އެވެ.
ބީއެމްއެލް މެދުވެރިކޮށް ހޯދާ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތައް ފުޅާކުރުން: ޒަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ