ދިރާގުގެ ޕާޓްނަރަކަށް އޯވީއެސް: ކަސްޓަމަރުންނަށް ޚާއްސަ ޑިސްކައުންޓްތަކެއް!

ދިރާގުގެ އެލީޓް ކްލަބުގެ ޕާޓްނަރެއްގެ ގޮތުގައި އިޓަލީގެ މަޝްހޫރު ފެޝަން ބްރޭންޑް އޯވީއެސް ހަމަޖައްސައި، އެ ކްލަބުގެ މެންބަރުންނަށް ޚާއްސަ ޑިސްކައުންޓުތަކެއް ދިރާގުން ތަޢާރަފުކޮށްފިއެވެ.
މި ޕާޓްނަޝިޕްގެ ދަށުން ރާއްޖޭގައި ހުންނަ އޯވީއެސް ފިހާރައިން ވިޔަފާރިކުރާ ދިރާގު އެލީޓް ކްލަބުގެ މެންބަރުންނަށް ޖުމްލަ ބިލުން %10 ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި 5,000 ރުފިޔާއިން މަތީގެ ވިޔަފާރިތަކަށް 20 އިންސައްތައިގެ ޚާއްސަ ޑިސްކައުންޓެއް ލިބޭނެ އެވެ.
މެންބަރުންނަށް މި ޑިސްކައުންޓްތައް ބޭނުންކުރެވޭނީ ބިލް ދައްކާއިރު ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކައިލުމުންނެވެ.
އޯވީއެސްއަކީ ޒަމާނީ އަދި ހިތްގައިމު ފޭރާމާއި، އެކްސެސަރީޒް އަދި ލައިފްސްޓައިލްގެ ތަފާތު އުފެއްދުންތައް ހެޔޮ އަގުގައި ފޯރުކޮށްދޭ ބައިނަލްއަގުވާމީ ބްރޭންޑެކެވެ.
ދުނިޔޭގެ ފެޝަންގެ އާ އޮއިވަރުތަކަށް ފަރުމާކޮށްފައިވާ މި ބްރޭންޑަކީ މިހާރު ރާއްޖޭގައި ވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ.
ދިރާގު އެލީޓް ކްލަބް ޕްރޮގްރާމަކީ ކަސްޓަމަރުންގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް އަގުހުރި އޮފާތަކެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ހިންގާ ޕްރޮގްރާމެކެވެ.
ދިރާގުން އަންގާގޮތުގައި މިފަދަ ޕާޓްނަޝިޕްތަކުގެ ސަބަބުން ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަވެ، ކުންފުންޏާއި ކަސްޓަމަރުންނާ ދެމެދު އޮތް ގުޅުން ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެލީޓް ޕާޓްނަރުންނާ ގުޅިގެން ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާނެ ކަމަށް ދިރާގުން ހާމަކޮއްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ