އިމާންކަމުގެ އަހުލުވެރިންގެ ޝިއާރަކީ ތައުހީދު ކަމަށާއި އިސްލާމްދީނުގެ ރުކުންތައްވެސް ބިނާވެގެންވަނީ ތައުހީދުގެ މަތީގައި ކަމަށް މިއަދުގެ ހައްޖު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހައްޖު ހުތުބާއިގައި ވަނީ މާތްﷲއަށް ތަގުވާވެރިވުމަށާއި އެ އިލާހު ނަހީކުރެއްވި ކަންކަމުން ދުރުވުމަށް ގޮވާލައްވާފައެވެ. ތަގުވާވެރިވުމަކީ މާތްﷲ ނަހީކުރެއްވި އެންމެހާ ކަންކަމުން ދުރުވުން ކަމަށާއި އަދި އެއީ އީމާންކަމުގެ ރުކުންތައް ފުރިހަމަ ކުރުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެކަނލާންގެ ނޫން އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށް ވަނީ ގޮވާލައްވައިފައެވެ.
އިމާންކަމުގެ އަހުލުވެރިންގެ ޝިއާރަކީ ތައުހީދު ކަމަށާއި އިސްލާމްދީނުގެ ރުކުންތައްވެސް ބިނާވެގެންވަނީ ތައުހީދުގެ މަތީގައި ކަމަށް ހުތުބާގައި ބުނެފައިވެވެ. މާތް ﷲގެ ޚަލްޤުކުރެއްވުމުގައި އެއިލާހުގެ ސުންނަތް ފެންނަން އޮތްކަމަށް ވިދާޅުވިއެވެ. އަދި އެ ކަން މުއުމިނުންނަށް ފާހަގަ ކުރެވޭނެކަން ވެސް ބަޔާންކުރެއްވިއެވެ. ﷲއަށް ނުކިޔަމަންތެރިވެ އެއިލާހުގެ އާޔަތްތަކަށް ދެކޮޅުހަދާ މީހުންގެ ނިމުން އަންނަގޮތުގެ ވާހަކަ ވިދާޅުވިއެވެ. އެއިލާހަށް އުރެދުނު އެތައްއެތައް ޤައުމެއް ހަލާކުކުރެއްވި ވާހަކަ ވެސް ބަޔާންކޮށްދެއްވިއެވެ.
މާތް ﷲ އިބްރާހީމުގެފާނަށް ވަނީ މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލައްވައިފައި ކަމަށް ޚުތުބާގައި ފާހަގަކުރެއްވިއެވެ. ”އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ.“
ﷲ ނޫން އެހެން ފަރާތްތަކަށް އަޅުކަންކުރުމުން ﷲގެ ގެކޮޅު ޠާހިރުކުރެއްވުމަށް އަންގަވައިފައިވާކަން މިއަދުގެ ޙައްޖު ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ދަގު ވާހަކަދެއްކުމުން ދުރުހެލިވުމަށާއި އެފަދަ ވާހަކަތައް ނުފެތުރުމަށް ވެސް ހަނދާންކޮށްދެއްވިއެވެ. ޚާއްޞަކޮށް އެ މާތް ބިމުގައި ތިބޭއިރު އެފަދަ ކަންތަކާ މުޅިން ދުރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވައި އެއީ ދީން ފުރިހަމަކުރެއްވި ތަންކަން ވެސް ހަނދާންކޮށްދެއްވިއެވެ.
ހުތުބާގައި ވަނީ އަނިޔާ ލިބެމުންދާ މުސްލިމުންނަށް، ކެއްތެރިކަންދެއްވުމަށާއި، އަވަސް ނަޞްރެއްދެއްވުމަށް އެދި ދުޢާކުރައްވާ އަދި މުސްލިމް އުއްމަތް އެއްބައިވަންތަކުރެއްވުމަށާއި ދެދުނިޔޭގެ ބާއްޖަވެރިކަމަށް ވެސް ދުޢާކުރައްވައިފައިއެވެ.
އިމާންކަމުގެ އަހުލުވެރިންގެ ޝިއާރަކީ ތައުހީދު: ހައްޖު ހުތުބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ