ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ކުރިއެރުމެއް
މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މީގެ ކުރިން ދަށްވި ނަމަވެސް މިމަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ އެވެ.ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 923،984 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 962،242 ފަތުރުވެރިންނަށްވުރެ ހަތަރު ޕަސެންޓް ދަށް އަދަދެކެވެ.ޓޫރިޒަމްގެ ގަދަ 10 ގައުމުޗައިނާ - 141,339 ފަތުރުވެރިންރަޝިއާ - 121,826 ފަތުރުވެރިންއިނގިރޭސިވިލާތް - 79,473 ފަތުރުވެރިންއިޓަލީ - 68,906 ފަތުރުވެރިންޖަރުމަނު - 60,591 ފަތުރުވެރިންއިންޑިއާ - 50,747 ފަތުރުވެރިންފްރާންސް - 28,441 ފަތުރުވެރިންއެމެރިކާ - 23,040 ފަތުރުވެރިންސްވިޓްޒަލޭންޑް - 20,511 ފަތުރުވެރިންއޮސްޓްރޭލިއާ - 19,796 ފަތުރުވެރިންމި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރި ކަމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ކުރިއަށް އޮތްތަނުގައިވެސް މި ކުރިއެރުން ދެމެހެއްޓުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ވަކިން ހާއްސަކޮށް މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ފަތުރުވެރި ކަމަށް ދިމާވަމުން އަންނަ ގޮންޖެހުންތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތާއެކު ކުރިއަށް އޮތްތަނުގައި މި ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މިދާއިރާގެ ތަޖުރިބާ އަންނަނީ ބުނަމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ